Roadha Mihaaru
ދީޕިކާގެ އާ ފިލްމަށް އިތުރު ތަރިއެއް

ދީޕިކާ ޕަދްކޯންގެ އާ ފިލްމަށް އިތުރު ތަރިއެއް

20 ސެޕްޓެމްބަރ 2020

ޝަކުން ބަޓްރާ ޑައިރެކްޓްކުރާ އާ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ގޯއާ އަށް ގޮސްފައި ވަނިކޮށް އެ ފިލްމުގެ ކާސްޓާ އިތުރު ބަތަލަކު ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝަކުން ބަޓްރާ ޑައިރެކްޓްކުރާ އާ ފިލްމުގެ ޝޫޓިން އަށް ކާސްޓާއި ކްރޫ ގޯއާ އަށް ގޮސްފައި ވަނިކޮށް އެ ފިލްމުގެ ކާސްޓާ އިތުރު ބަތަލަކު ގުޅިއްޖެ އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ނަން އަދި އިއުލާންނުކުރާ މި ޑާކް ރިލޭޝަންޝިޕް ތުރިލާގެ ކާސްޓާ ދީޕިކާ އާއި ސިދާންތު ޗަތުރަވެދީގެ އިތުރުން އަނަންޔާ ޕާންޑޭއާ އަލަށް ގުޅުނީ ދައިރިއާ ކަރްވާ އެވެ. އޭނާ އަކީ 2018 ގައި ރިލީޒްކުރި ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރެކެވެ.

ފިލްމުފެއާ އިން ބުނި ގޮތުގައި ޝަކުންގެ ފިލްމުން ދައިރިއާ ފެނިގެންދާނީ ދީޕިކާއާ އެކީގަ އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންގްގެ "83" ވެސް ހިމެނެ އެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ޗަޕާކް" ގައި ވެސް އޭނާ ފެނިގެން ގޮސްފައި ވަނީ މާ މަޝްހޫރު ނޫން، ތަންކޮޅެއް އާ އެކްޓަރަކާ އެކީގަ އެވެ. މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި އެ ފިލްމުގެ ބަތަލަކީ ވިކްރާންތު މަސީ އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ޝަކުންގެ އާ ފިލްމުގެ މަންޒަރުތަކެއް ގޯއާގައި ނެގުމަށް ފަހު، ދެން މިސްރާބު ޖަހާނީ ސްރީ ލަންކާށެވެ. މި ފިލްމަކީ އަންނަ އަހަރުގެ ކުރީކޮޅު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

ޝަކުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "ކަޕޫރް އެންޑް ސަންސް" އެވެ.