Roadha Mihaaru
ދީޕިކާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް

ދީޕިކާގެ ކެރެކްޓާ "ބޯލްޑްކަމުން" ފިލްމު ޑިޖިޓަލް ޕްރީމިއާއަކަށް

05 ޑިސެމްބަރ 2021

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެތީގެ ނަން އިއުލާން ނުކުރާ ފިލްމު ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ނިންމައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް ކުރަމުން އަންނަ ބަތަލާ ދީޕިކާ ޕަދްކޯނާއި ސިދާންތު ޗަތުރަވެތީގެ ނަން އިއުލާން ނުކުރާ ފިލްމު ސިނަމާތަކުގެ ބަދަލުގައި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ޝަކުން ބަޓްރާ ޑައިރެކްޓް ކޮށްފައިވާ ޑާކް ރިލޭޝަންޝިޕް ތުރިލާ ސިނަމާތަކަށް ނުގެންނަން ނިންމީ އޭގައި ވަރަށް ގިނަ އަދަދަކަށް ގައިގޯޅި މަންޒަރުތައް ހިމެނޭތީ އެފަދަ ފިލްމެއް ސިނަމާތަކުގައި ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ. އެހެންވެ ސިނަމާ އަށް ފިލްމު ގެނައުމުގެ ބަދަލުގައި އެ ޕްރީމިއާ ކުރާނީ ނެޓްފްލިކްސް ނުވަތަ އެމެޒޯން ޕްރައިމް ކަހަލަ ބޮޑު ސްޓްރީމުން ޕްލެޓްފޯމަކުން ކަމަށް ބުންޏެވެ.

ނަމަވެސް މިކަން ދަރުމާ އިން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެ ސްޓޫޑިއޯ އިން އަންނަ އަހަރު ގެނެސްދޭ ފިލްމުތައް މިހާރު ފުލުފުލުގައި އިއުލާން ކުރަމުން އަންނަ އިރު، އެންމެ ފަހުން ޑިޖިޓަލްކޮށް ޕްރީމިއާކުރި ފިލްމަކީ އޮގަސްޓްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީގެ ހަނގުރާމަ ފިލްމު "ޝޭރުޝާ" އެވެ.

"ކަޕޫރް އެންޑް ސަންސް" އާއި "އޭކް މޭ އޯރް އޭކް ތޫ" ގެނެސްދިން ޑައިރެކްޓަރު، ދީޕިކާ އާއި ސިދާންތާ އެކު ހަދާފައިވާ ފިލްމަކީ ކައިވެނީގެ ބޭރުން އަންހެނަކު ހިންގާ ގުޅުމެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ. މީގެ ކާސްޓްގައި އަނަންޔާ ޕާންޑޭ އާއި ދައިރިއާ ކަރްވާ ބެސް ހިމެނެ އެވެ. ފިލްމުގައި ދީޕިކާ އާއި އަނަންޔާ އަކީ ދެބޭންނެވެ. އަދި ދީޕިކާގެ ރޯލަކީ ކައިވެނި ކޮށްގެން ހުރެ، ކޮއްކޮގެ ލޯބިވެރިޔާއާ ވެސް ސިއްރު ގުޅުންތަކެއް ހިންގާ ވަރަށް "ބޯލްޑް" ކެރެކްޓާއެކެވެ.

އަންނަ އަހަރު މި ފިލްމު ގެނެސްދޭނެ ކަމަށް ބެލެވުނަސް ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އަންނަ އަހަރަށް ދަރުމާ އިން މިހާރު ތާރީހު އިއުލާން ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ޖޫން 24 ގައި ގެނެސްދޭ "ޖުޖް ޖުގް ޖިޔޯ" އާއި ޖުލައި 10 ގައި ގެނެސްދޭ "ގޯވިންދާ މޭރާ ނާމް" އާއި އޮކްބޯރު 7 ގައި ގެނެސްދޭ "މިސްޓް އެންޑް މިސިޒް މާހީ" އަދި ނޮވެމްބަރު 11 ގައި ގެނެސްދޭނެ "ޔޯދާ" ހިމެނެ އެވެ. ތާރީހު އިއުލާންކުރަން ހުރި ފިލްމުތަކުގެ ތެރޭގައި "ލައިގާ" އާއި "ބުރައްމަސްތުރާ" އަދި "ދޯނޯ މިލޭ އިސް ތަރާ" ހިމެނެ އެވެ.