19 ސެޕްޓެމްބަރ 2020
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2003 ވަނަ އަަހަރު މާފުށީ ޖަލުގައި ގައިދީންގެ ގަޔަށް ބަޑިޖެހި ހާދިސާގެ ހަގީގަތް ހޯދިފައި ނުވާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2003 ވަނަ އަަހަރު މާފުށީ ޖަލުގައި ގައިދީންގެ ގަޔަށް ބަޑިޖެހި ހާދިސާގެ ހަގީގަތް ހޯދިފައި ނުވާ ކަމަށާއި އެކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މާފުށީ ޖަލުގައި މ.އޭޝިއާ ހަސަން އީވާން ނަސީމަށް އަނިޔާކޮށް މަރައިލުމުން އުފެދުނު ހަމަނުޖެހުމުގައި ސެޕްޓެމްބަރު 19، 2003 ގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އަކީ މައުމޫނުގެ އަނިޔާވެރިކަން ހާމަވި ޖަރީމާއެއް އެ ހާދިސާ އަށް 17 އަހަރުފުރުމާ ދިމާކޮށް ނެރުނު ބަޔާނުގައި އެމްޑީޕީން ބުންޏެވެ. މައުމޫނުގެ ސަރުކާރުން ރާއްްޖޭގެ ޖަލުތަކުގައި ސިސްޓަމެޓިކްކޮށް މީހުންނަށް އަނިޔާކުރާ ކަމަށް ތުންތުން މަތިން ދެކެވެމުން އައި ވާހަކަތަކުގެ ހަގީގަތް އެ ދެ ހާދިސާއިން އެނގުނު ކަމަށް ވެސް، މައުމޫން ވެސް ބައިވެރިވާ ކޯލިޝަން ސަރުކާރެއް ހިންގަމުން އަންނަ އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ތުހުމަތުކޮށްފައިވާ ގޮތުގައި ޖަލުގައި ބަޑިޖަހައި ބައެއް ގައިދީން މަރާލައި ބައެއް ގައިދީން ޒަހަމްކޮށްލި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް ޝަރީއަތެއް ހިންގައިފައެއް ނުވެ އެވެ
"...ރައީސް މައުމޫނު ޢަބްދުލްގައްޔޫމުގެ ސަރުކާރުގެ މި އަނިޔާވެރި ޖަރީމާއަށް ފަހު ވެސް، ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ހަގީގަތް ހޯދިފައިނުވެއެވެ. މިގޮތުން ބަޑިޖަހާފައި ވަނީ ސިފައިންގެ ގާނޫނުގައިވާ ގޮތުގެ މަތިން އޯޑަރުކުރަން ތިބި ފަރާތްތަކެއްގެ އޯޑަރަށް ކަމަށްވާ ނަމަ، އެ ގޮތުން އޯޑަރުކުރި ފަރާތްތަކުގެ މައްސަލަތައް ބަލާފައި ނުވުމާއި، ބަޑިޖަހާފައިވަނީ އޯޑަރުގެ މަތިން ނޫން ކަމަށްވާ ނަމަ ސިފައިންގެ ގާނޫނުގެ ދަށުން، އޯޑަރެއް ނެތި ބަޑިޖެހި ކަމުގެ ތަހުގީގެއް ހިންގައި އެކަމަށް ޝަރީއަތްކޮށްފައި ނުވާތީ، އެކަމުގެ ހަގީގަތް އަދިވެސް ދިވެހި ރައްޔިތުންނަށް ސާފުވާންޖެހިފައިވާކަން ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީގެ އިސް ފަރާތްތަކުން މިއަދު އަންނީ ސޯޝަލް މީޑިއާގައި ވެސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އަނިޔާކުރި ކަމުގެ ވާހަކަ ދައްކައި ޖަލުގައި ބަޑިޖެހި ހާދިސާގެ ހަނދާންތައް އާކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ނިމުމަކަށް ގެންނަން އެމްޑީޕީން މައުމޫނާ އެކު މަސައްކަތް ކުރަން ފެށި ފަހުން އެ މަނިކުފާނާ ދެކޮޅަށް ވާހަކަ ދެއްކުން މަދުވިޔަސް މިހާރު އަނެއްކާވެސް އަންނަނީ އެ ވާހަކަތައް ދައްކަމުންނެވެ.
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
ކާފަބޭފުޅުންނަށް މައުމޫނާ ބައްދަލުވެވޭގޮތް ހަދަން އެދެފި
ބަންދުކުރި ބޭފުޅުން މާފުށީ ޖަލަށް ލުން ގާނޫނާ ޚިލާފު
އޮފިސަރުންގެ މައްސަލަ: އެއްބަސްވުން އަނބުރާ ގެންގޮސްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
އޮފިސަރުންގެ މައްސަލަ: ތިން މީހަކާއެކު އެއްބަސްވުމެއް
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ