25 މާޗް 2018
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މާފުށީ ޖަލަށް ލީ ގާނޫނުތަކާ ޚިލާފަށް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކުރި ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން މާފުށީ ޖަލަށް ލީ ގާނޫނުތަކާ ޚިލާފަށް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ހުކުމުގައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި ނެރުނު އަމުރާ ގުޅިގެން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ސިފައިންނާއި ފުލުހުންތަކެއްގެ އިތުރުން އާއްމުން ވެސް ހިމެނެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މީގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި އަރީފްގެ އިތުރުން މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މައުމޫން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަނީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.
ކުނޫޒްގައި އޮތް ޖަލްސާގައި އިންތި ވާހަކަ ދައްކަވަނީ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލަކީ، ޝަރީއަތް ނިމި ހުކުމް ކުރާ ކުށްވެރިން ބައިތިއްބަން ޚާއްސަ ޖަލެއް ކަމަށެވެ. އެކަމަކު، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ސިޔާސީ ބޭފުޅުންގެ ތަހުގީގު ކުރިއަށް ދަނިކޮށް އެ މީހުން މާފުށީ ޖަލަށް ލުމަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ފްރޭމްކޮށްގެން ހައްޔަރުކުރުމަށް ފަހު، ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކުރި ސިޔާސީ ބޭފުޅުންގެ ހާލު އަދި އެ ބޭފުޅުން ބައިތިއްބާފައި ތިބި ހާލަތެއް ވެސް ނޭނގޭތީ ޕާޓީތަކުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއިލާގެ ބޭބޭފުޅުންނަށް މި ބޭބޭފުޅުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ނުދޭ. އަދި ވަކީލުންނަކަށް ބައްދަލެއް ނުކުރެވި އަޅުގަނޑުމެން އިންތިހާ އަށް ކަންބޮޑުވާ ކަމެއް، އަދި އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމެއް،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ހައްޔަރުކޮށްފައި ތިބި ސިޔާސީ ބޭފުޅުންނާ ދޭތެރޭގައި އަދިވެސް އަމަލުކުރަމުން ދަނީ ކުއްލި ނުރައްކަލުގެ ހާލަތަށެވެ. ގާނޫނަކަށް ގަވާއިދަކަށް އަދި އުސޫލަކަށް ވެސް މި ސަރުކާރުން ތަބާނުވާ ކަން ސާފުކޮށް ފެންނަން އޮތް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ
މައުމޫނާއި ފަނޑިޔާރުން ވަނީ "ފްރޭމްކޮށްފައި":އިދިކޮޅު
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ: ނަޝީދު
އެމްޑީޕީގެ އަހަރީދުވަހަށް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ
އަސްލު ސައިޒް ފެންނަން އަދި ގާތް ވެސް ނުވޭ!
"މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު މުހިއްމު"
ބަދަލަކަށް މިފަހަރު މައުމޫން، ކާމިޔާބު ވާނެތަ؟
ކޮލަމް ފަސް މިނެޓް: ރައްޔިތުން އަދިވެސް ބަލަނީ ފޮޓޯ
މައުމޫނާއެކު މަސައްކަތް ކުރަން ތައްޔާރު: އެމްޑީޕީ