ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ރޭ ބޭރުކޮށްފި އެވެ.
28 އޮކްޓޯބަރ 2016
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެ ޕާޓީގެ ޕާލެމެންޓްރީ ގްރޫޕްގެ ވައިބާ ގްރޫޕުން ރޭ ބޭރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި މައުމޫންގެ އިތުރުން ވައިބާ ގްރޫޕުން ބޭރުކުރީ ތިނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ އާއި ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްލަތީފު މުހަންމަދެވެ. އެކަން ޕީޕީއެމްގެ "އިސް" މަޖިލިސް މެމްބަރަކު ވެސް ކަށަވަރުކޮށްދެއްވި އެވެ.
އެ ދެ މެމްބަރުން ވައިބާ ގްރޫޕުން ބޭރު ކުރީ ޕީޕީއެމް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މައުމޫނަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާން ކުރައްވާފައިވަނިކޮށެވެ. އެކަމާ ގުޅިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ބަހެއް ނުލިބުނެވެ.
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބާއްވަން އުޅުނު ޖަލްސާ ހުއްޓުވާލުމުން ކުރީގެ ރައީސް މައުމޫން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރަށް އެ މަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފަ އެވެ.
މައުމޫނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު އާއި ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވަނީ މީގެ ކުރިން ވައިބާ ގްރޫޕުން ބޭރުކޮށްފަ އެވެ.
ޕީޕީއެމް ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕާޓީ ދެ ބައިވެ، މައުމޫންގެ ފެކްޝަނަކާއި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނެއް އުފެދިފައި ވާއިރު، ކޮންމެ ފެކްޝަނަކުން ވެސް ދަނީ ކައުންސިލް ބައްދަލުވުންތައް ބާއްވައި އެކިއެކި ފިޔަވަޅުތައް އަޅަމުންނެވެ.
ސަރުކާރަށް ފާޑު ވިދާޅުވާ އަދި ދެކޮޅަށް މަޖިލީހުގައި ވޯޓު ދެއްވާ މެމްބަރުންނާ ދެކޮޅަށް މީގެ ކުރިން ވެސް އެކި ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ ތެރޭގައި، ވައިބަ ގްރޫޕުން ބޭރު ކުރުމުގެ އިތުރަށް، މުހިއްމު ކޮމިޓީތަކުން އާދައިގެ ކޮމިޓީތަކަށް ބަދަލުކުރުމާއި ޕާޓީން ވަކިކުރުން ވެސް ހިމެނެ އެވެ.
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!
މަސީހާ ދެކޮޅު މަސައްކަތުގެ ތުހުމަތު މައުމޫނަށް
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް
ޔާމީނަށް ޕީޕީއެމް ވެސް ދޫކޮށްލެވޭކަށް ނެތް!؟
ޕީޕީއެމާ ގުޅޭގޮތުން މައުމޫނަށް ބަސް ވިދާޅެއް ނުވެވޭނެ
މެމްބަރުން "ނިކަމެތި" ކުރާތީ ފަލާހު ރުޅިގަދަވެއްޖެ!
ފަލާހުގެ ވާހަކަތަކުން ރިޔާޒް ރަޝީދު ހިތްހަމަނުޖެހިއްޖެ!
އަޅުގަނޑަކީ ޕީޕީއެމް މީހެއް ނޫން، ސިޓީ ނުފޮނުވާތި!