Roadha Mihaaru
ލ. ބޮޑުފިނޮޅު މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ލ. ބޮޑުފިނޮޅު މަޝްރޫއާ ގުޅުން ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާކޮށްފި

23 ސެޕްޓެމްބަރ 2020

ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ބޮޑު ފިނޮޅު މަޝްރޫއާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު މައުސޫމް އާ އިއްޔެ ހިއްސާ ކުރައްވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ބޮޑު ފިނޮޅު މަޝްރޫއާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު މައުސޫމް އާ އިއްޔެ ހިއްސާ ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވިސާމް ވަނީ ބޮޑު ފިނޮޅު މަޝްރޫއު ހަވާލު ކުރިތާ 12 އަހަރުވެފައިވާއިރު އެއްވެސް އަމަލީ މަސައްކަތެއް ނުފެށި އޮތުމުން ރައްޔިތުން ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އަތޮޅުގެ ޓޫރިޒަމް ރަނގަޅުވާނީ ޓްރެއިނިން ސްކޫލް ހަދަން ދީފައި އޮތް ސަރަހައްދު ތަރައްގީ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ލ. ބޮޑުފިނޮޅު މަސައްކަތް ހުއްޓިފައި: މަސައްކަތް ނުކުރާތާ 12 އަހަރު-- ފޮޓޯ: ވިސާމް

ލ. ބޮޑުފިނޮޅު މަސައްކަތް ހުއްޓިފައި: މަސައްކަތް ނުކުރާތާ 12 އަހަރު-- ފޮޓޯ: ވިސާމް

ވިސާމް "މިހާރު"އަށް ވިދާޅުވިގޮތުގައި ޓްރެއިނިން ރިސޯޓު ހަދަން ދީފައިވާ ސަރަހައްދު އެއްކޮށް މިހާރު އޮތީ ވީރާނާ ވެފަ އެވެ. މި ސަރަހައްދު އަލުން ތަރައްގީކޮށް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް، ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަދާ ހަމައަށް އައިއިރު ވެސް މާބޮޑު އަމަލީ މަސައްކަތްތަކެއް ކޮށްފައެއް ނުވޭ. މިއީ ލ. ގަމުގެ ވެސް އަދި އަތޮޅުގެ ވެސް ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް މުހިންމު މަޝްރޫއެއް،" ވިސާމް ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމަށްފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލ. އަތޮޅަކީ ޓޫރިޒަމް ދާއިރާއަށް ގިނަ ފުރުސަތުތަކެއް އޮތް އަތޮޅެއް ކަމަށެވެ. އަދި އޭގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައްދަލުވުމަށްފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއް--

ލ. ބޮޑުފިނޮޅު ޓޫރިޒަމް ދާއިރާއިން މީހުން ތަމްރީން ކުރުމަށް ތަރައްގީ ކުރަން 2008 ވަނަ އަހަރު ސަރުކާރުން ވަނީ ޕްރެމިއާ އެކުއިޓީ ކުންފުންޏާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 25 އަހަރުގެ މުއްދަތަކަށެވެ. އެގޮތުން ބޮޑުފިނޮޅުގެ 4.6 ހެކްޓަރު ބިން ތަރައްގީ ކުރުމަށް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.

"މިހާރު" އަށް އެނގިފައިވާގޮތުގައި އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރިގެ މަގާމުގައި ހުންނެވިއިރު މި މަޝްރޫއު ޕްރެމިއާ އެކުއިޓީ ކުންފުނީގެ އަތުން ނަގައި އެހެން ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފަ އެވެ. އަދި މިކަމާ ގުޅޭގޮތުން އޭޖީގެ ލަފާ ވެސް ވަނީ ހޯދައިފަ އެވެ.