19 ޑިސެމްބަރ 2022
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މާދަމާ 1.6 މިލިއަނަށް އަރައި، މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މާދަމާ 1.6 މިލިއަނަށް އަރައި، މި އަހަރަށް ސަރުކާރުން ކަނޑައެޅި އަމާޒަށް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން މިހާތަނަށް އައިސްފައިވަނީ 2019 ވަނަ އަހަރު ކަމަށާއި މި އަހަރު އެ އަދަދާ ވަރަށް ގާތް ކުރާނެ ކަމަށެވެ. ރާއްޖެ އަށް 2019 ވަނަ އަހަރު އައިސްފައި ވަނީ 1.7 މިލިއަން ޓޫރިސްޓުންނެވެ.
މައުސޫމު ވިދާޅުވީ، މި އަހަރުގެ އަމާޒަށް ދެވެނީ ޓޫރިޒަމް ސިނާއަތުގެ ބުރަ މަސައްކަތުން ކަމަށެވެ. ޓޫރިސްޓުން އައުމުގެ ސަބަބުން، ގެސްޓް ހައުސްތަކާއި ރިސޯޓުތަކާޢި ސަފާރީތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ރަނގަޅު އާމްދަނީއެއް ލިބުމުން އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އިންޑިއާއިންނެވެ. އެއީ 220،000 ޓޫރިސްޓުންނެވެ. ރަޝިއާ އިން 180،000 ޓޫރިސްޓުން އަދި އިނގިރޭސި ވިލާތުން 160،000 ޓޫރިސްޓުން ވަނީ މިހާރު ޒިޔާރަތްކޮށްފަ އެވެ.
ރާއްޖޭގައި 160 އަށް ވުރެ ގިނަ ރިސޯޓު ހިންގާ އިރު 870 އަށް ވުރެ ގިނަ ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ގެނައުމެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ސަރުކާރުން ވަނީ ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒު ހިފައިފަ އެވެ. ޓޫރިޒަމް މިނިސްޓަރު މައުސޫމު ވެސް ވަނީ ދެ މިލިއަން އަންނަ އަހަރު ހާސިލުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޔޫކްރެއިން/ރަޝިއާގެ ހަނގުރާމައާ ހެދި މި އަމާޒު ހާސިލުވުމުގެ ފުރުސަތު ކުޑަ ކަމަށް މައުސޫމު ވިދާޅުވެފައި ވެ އެވެ.
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި
ތިން މަސް ނުވަނީސް ބައި މިލިއަން ޓޫރިސްޓުން
މިއަދަކީ ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސް