ކަނޑުމަގުން ކުރާ ކާގޯ ދަތުރުތަކުގެ 90 ޕަސެންޓަކީ ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ އަށް ބަރޯސާވެފައި އޮތް ކަމަކަށް ވާތީ، އިން އެކަމާ ދެކޮޅަށް ނުކުމެ، ވައިގެ ހަކަތައިން ދުއްވާ ބިޔަ ކާގޯ ޝިޕެއް ބަންނަން ކުންފުންޏަކުން މަސައްކަތް ފަށައިފި އެވެ.
24 ސެޕްޓެމްބަރ 2020
ކަނޑުމަގުން ކުރާ ކާގޯ ދަތުރުތަކުގެ 90 ޕަސެންޓަކީ ތިމާވެއްޓާ ރައްޓެހި ނޫން ހަކަތަ އަށް ބަރޯސާވެފައި އޮތް ކަމަކަށް ވާތީ، އިން އެކަމާ ދެކޮޅަށް ނުކުމެ، ވައިގެ ހަކަތައިން ދުއްވާ ބިޔަ ކާގޯ ޝިޕެއް ބަންނަން ކުންފުންޏަކުން މަސައްކަތް ފަށައިފި އެވެ.
ސްވިޑްންގެ ކުންފުންޏެއް ކަމަށްވާ ވެލެނިއަސް މެރިން އިން "އޯޝަންބާޑް" ނަމުގައި ކާގޯ ބޯޓެއް ޑިޒައިންކުރަނީ 80 މީޓަރުގެ ފަސް "ރިޔާ" ހުންނަ ގޮތަށެވެ. އެއަށް ބޭނުންވާ ހަކަތަ ހޯދާނީ ރިޔާތަކުންނެވެ.
Powered by wind, Oceanbird will transport 7,000 cars across the oceans with 90% reduced emissions compared to the most energy-efficient vessel today. https://t.co/Ef7yd3CFyT
— WalleniusMarine (@WalleniusMarine) September 14, 2020
ވެލެނިއަސް މެރިން އިން ބުނި ގޮތުގައި "އޯޝަންބާޑް" އަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިފައި ހުންނާނެ ތިމާވެއްޓަށް ވަރަށް ރައްޓެހި އުފެއްދުމަށް ވާނެ އެވެ. މި އުޅަނދު ފަރުމާކުރަނީ އެއްފަހަރާ ގިނަ އަދަދެއްގެ މުދާ ބަރުކޮށްގެން ދަތުރުކުރެވޭ ގޮތަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި 7،000 ކާރު "އޯޝަންބާޑް" ގައި އުފުލޭނެ އެވެ. އަދި 12 ވަރަކަށް ދުވަހުގެ ތެރޭގައި މި އުޅަނދު 3،500 މޭލުގެ ރާސްތާއަކަށް (އެޓްލާންޓިކް ކަނޑު ހުރަސްކޮށް) ދަތުރުކުރާނެ އެވެ. މީގެ ދުވެއްޔަކީ ގަޑިއަކު 18.52 ކިލޯމީޓަރެވެ.
ވައިގެ ހަކަތައިން ދުވާ ބިޔަ ކާގޯ ބޯޓެއްގެ ހިޔާލު އައީ ލިޑާރް ސްކޭނިން ޓެކްނޮލޮޖީ ދިރާސާކުރުމުގެ ތެރޭގަ އެވެ. އެ ޓެކްނޮލޮ އަކީ އެޕައިލް އިން ދާދި ފަހުން ނެރުނު އައިޕެޑް ޕްރޯގައި ވެސް ބޭނުންކޮށްފައިވާ ޓެކްނޮލޮޖީއެކެވެ.
ލިޑާރްގެ އެހީގައި "އޯޝަންބާޑް" އަށް ބޭނުންވާ ވައިގެ ހަކަތަ ޓްރެކްކުރަން ފަސޭހަވާނެ އެވެ. މާނަ އަކީ ވައި ކޮންމެ މިސްރާބަކަށް ހުއްޓަސް، ބޯޓަށް ވައި ނަގަން ބޭނުންކުރާ ޓެކްނޮލޮޖީގެ ސަބަބުން ދުވެއްޔާއި މިސްރާބަށް ހުރަހެއް ނައުމެވެ.
މީގެ ތަޖުރިބާ ވެސް ވެލެނިއަސް މެރިން އިން ވަނީ ކޮމްޕިއުޓަ މޮޑެލްއެއްގައި ކޮށްފަ އެވެ. އެހެންވެ އެ ކުންފުނިން ބުނަނީ މިއީ ފޮސިލް-ފިއުލް ކަހަލަ ހަކަތަ ބޭނުންކުރާ ބޮޑެތި ކްރޫޒް ޝިޕްތަކަށް ވެސް މުހިންމު ކަމަކަށް ވާނެ ކަމަށެވެ.
ވެލިއަނަސް މިހާރު އަންނަނީ "އޯޝަންބާޑް" ގެ ފަރުމާ ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު ޑިޒައިން ފައިނަލް ވާނީ އަންނަ އަހަރުގެ ތެރޭގަ އެވެ. އަމާޒަކީ 2024 ގައި "އޯޝަންބާޑް" ދަތުރުތަކަށް ނެރެވޭތޯ ބެލުމެވެ. އެ ކުންފުނިން ބުނި ގޮތުގައި 2030 އާ ހަމައަށް އަންނަންވާ އިރަށް ކާގޯ ބޯޓުތަކުން ދޫކުކާ ކާބަންޑަ އޮކްސައިޑް 40 ޕަސެންޓަށް ދަށްކުރަން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ) އިން ވެސް އަމާޒު ހިފާފައިވާތީ "އޯޝަންބާޑް" އަކީ އެކަމަށް ކޮށޭނެ ފަހި މަގަކަށްވާނެ އެވެ.
މި މަސައްކަތް ވެލެނިއަސް މެރިން އިން ކުރިއަށް ގެންދަނީ ސްވިޑްންގެ ކޭޓީއެޗް ރޯޔަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ކަނޑު އުޅަނދު ފަހަރު އުފައްދާ އެ ގައުމުގެގެ ކުންފުނި އެސްއެސްޕީއޭއާ ގުޅިގެންނެވެ.
މެކްޑޮނަލްޑްސް އިން އިލެކްޓްރިކް ކާރު ޕްރޮމޯޓްކުރަނީ
10 ޕަސެންޓްގެ ކަރަންޓް އުފެއްދީ ވަޔާއި އަވިން
ތެލުން ދުއްވާ ވެހިކަލް ކެލިފޯނިއާގައި މަނާކުރަނީ
ވައިން ހަކަތަ އުފައްދަން ޓާބައިން ގުޑި
އެމްސްޓެޑަމުން ސާފު ހަކަތަ އަށް ހާއްސަވަނީ
ރިޔަލުގައި ދުއްވާ އެންމެ ދިގު ކާގޯ ބޯޓު ބަނދެފި!
އިޔާދަކުރަނިވި ހަކަތައަށް 17 މެގަވޮޓް އިތުރުކޮށްފި
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް