Roadha Mihaaru
ދިރާގު ޕޭ ކަސްޓަމަރުންނަށް ކޭޝްބެކް ޕްރޮމޯޝަނެއް

ދިރާގު ޕޭ ކަސްޓަމަރުންނަށް ކޭޝްބެކް ޕްރޮމޯޝަނެއް ފަށައިފި

06 އޮކްޓޯބަރ 2020

ދިރާގުޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން ފަސް ޕަސެންޓު އަނބުރާ ލިބޭ ކޭޝް ބެކް ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާގުޕޭ މެދުވެރިކޮށް ފައިސާ ދެއްކުމުން ފަސް ޕަސެންޓު އަނބުރާ ލިބޭ ކޭޝް ބެކް ޕްރޮމޯޝަނެއް ދިރާގުން އިއްޔެ ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކައިގެންނާއި ރީލޯޑް ކޮށްގެން ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ ފަސް ޕަސެންޓު އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވާނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، ގިނަވެގެން ކޮންމެ ހަފްތާއެކު 100ރ. ދިރާގު ޕޭ ވޮލަށް ޖަމާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަސްޓަމަރުންނަށް ފައިސާ އަނބުރާ ލިބުނުކަން އެސްއެމްއެސްގެ ޒަރީއާއިން އެނގޭނެ އެވެ. އަދި ދިރާގު ޕޭ އެޕުގެ "ޓްރާންސެކްޝަން ހިސްޓަރީ" އިން ކޭޝްބެކްގެ ގޮތުގައި ލިބުނު އަދަދު ރަނގަޅުތޯ ބަލައިލެވޭނެ އެވެ.

ދިރާގު ޕޭއަކީ ކޮންމެ ނެޓްވޯކެއްގެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދައްކައި، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ކުރެވޭ ހިދުމަތެކެވެ. ދިރާގު ޕޭއަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާ ބޭނުންކުރެވޭނެ އެވެ.

މި ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގެ 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެ އެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ، ރެސްޓޯރެންޓުތަކާއި ޖެނެރަލް ސްޓޯރުތަކާއި ސެލޫން އަދި ހޮސްޕިޓާތަށްފަދަ އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެ އެވެ.