Roadha Mihaaru
އާސެނަލްގެ މެސްކޮޓްގެ ހަރަދާ އޮޒިލް ހަވާލުވެއްޖެ

އާސެނަލްގެ މެސްކޮޓްގެ ހަރަދާ އޮޒިލް ހަވާލުވެއްޖެ

07 އޮކްޓޯބަރ 2020

ލަންޑަން (އޮކްޓޫބަރު 7) - ސަޕޯޓަރުން މެޗު ބަލަން ދަނޑަށް ވެއްދޭނެ ދުވަހެއް ނޭނގޭތީ ހަރަދުކުޑަކުރުމުގެ ގޮތުން އާސެނަލުން ކްލަބްގެ މެސްކޮޓް "ގަނާސޯރަސް" ދޫކޮށްލަން ނިންމާފައިވަނިކޮށް އެ ޓީމަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެ މެސްކޮޓްގެ ހަރަދާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ބުނެފި އެވެ.

ކްލަބްތަކުން މެސްކޮޓުގެ ގޮތުގައި ހަމަޖައްސަނީ، އެ ސަރަހައްދެއްގައި އެންމެ މަގުބޫލު ނޫނީ އެ ކްލަބެއްގެ މީހުންނަށް އެންމެ ކަމުދާ ޖަނަވާރެއް، ދޫންޏެއް ނުވަތަަ މީހެއްގެ ކާޓޫން ކެރެކްޓާއެކެވެ. މިއީ ސަޕޯޓަރުންގެ ފޯރިގަދަ ކުރަން ބޭނުންކުރާ ކެރެކްޓާއެކެވެ.

އާސެނަލްގެ މެސްކޮޓްގެ ގޮތުގައި ގަނަސޯރަސް ހެދިގެން މިދިޔަ 27 އަހަރު މަސައްކަތްކުރީ ޖެރީ ކުއީ އެވެ. އޭނާ އައީ 1993 ވަނަ އަހަރުން ފެށިގެން އާސެނަލް ދަނޑުގައި މެސްކޮޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. އެކަމަކު މިދިޔަ މަހު އާސެނަލުން ކްލަބް ހަރަދުކުޑަކުރަން އިއުލާނުކުރި 55 ރިޑަންޓަންޓުންގެ ތެރޭގައި ކުއީ ވަކިކުރަން ނިންމުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއީ ކްލަބްގެ ތާރީހީ ހިއްސާތަކެއް ކުއީއާ ގުޅިފައިވަނިކޮށް ޓީމުން އޭނާ ދޫކޮށްލަން ނިންމުންނެވެ.

އާސެނަލްގެ މެސްކޮޓް ގަނަސޯރަސް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ މެސްކޮޓް ގަނަސޯރަސް މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ކުއީ އަށް އޮތް ސަޕޯޓް ހިއްސާކޮށް އޮޒިލް އޭނާގެ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުއީ ވަނީ ގަނާސޯރަސްގެ ކެރެކްޓާގައި ހުރެ ކްލަބްގެ މުހިއްމު ހަނދާންތަކުގެ ބައިވެރިއެއްގެ ރޯލު އަދާކޮށްފައި ކަމަށާއި އޭނާ އަށް އެހީވާން ބޭނުންވާ ކަމަށެވެ. އަދި އޭނާ އާސެނަލް ކުޅުންތެރިއެއްގެ ގޮތުގައި ހުރިހާ ހިނދަކު އޭނާގެ މުސާރައިން ކުއީގެ މުސާރަ ހަމަޖައްސައިދޭން އޮޒިލް ވަނީ ކްލަބަށް ހުށަހަޅައިފަ އެވެ.

އުމުރުން 31 އަހަރުގެ އޮޒިލް މި ސީޒަނުގެ ނިޔަލަށް އާސެނަލުގެ ކޮންޓްރެކްޓްގައި ހުރީ ހަފްތާ އަކު 350،000 ޕައުންޑް ލިބޭގޮތަށެވެ. ކޮންޓްރެކްޓް ހަމަވުމުން އޮޒިލް އާސެނަލް ދޫކޮށްލާނެކަަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން މެޗުތައް ފެށުނު ފަހުން އޮޒިލް އަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ. އަދި މި ސީޒަނުގައި މިހާތަނަށް އޭނާ އާސެނަލްގެ އެއްވެސް މެޗެއްގައި ނުކުޅެ އެވެ.

ކޮވިޑް-19އާ ހެދި އާސެނަލަށް ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހު އެ ކްލަބްގެ ކޯޗު މިކޭލް އާޓެޓާ އާއި ޓީމުގެ ހުރިހާ ކުޅުންތެރިން ވަނީ އެ މަހުގެ މުސާރައިން 12.5 ޕަސެންޓް އުނިކުރަން އެއްބަސްވެފަ އެވެ. އަދި އާސެނަލްގެ ބޯޑު މެމްބަރުން އަންނަ އަހަރުގެ އޭޕްރީލްއާ ހަމައަށް މުސާރައިގެ ވަކި ޕަސެންޓެއް ނުނަގާ ގޮތަށް ވަނީ ނިންމައިފަ އެވެ.