އެ މަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނާ، މި ސަރުކާރާ ގުޅުމެއް ނެތް ކަމަށް މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭ ގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ، ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު މެމްްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވީ ރާއްޖެ އިން ޗައިނާއާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުމުން މަސްވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި އޮތީ ކީއްވެތޯ އެވެ. އެ ސުވާލަށް އަމީރު ދެއްވި ޖަވާބަށް ފަހު، ނަޝީދު ވިދާޅުވީ ޗައިނާއާ އެކު މިހާރު ފްރީ ޓްރޭޑް އެއްބަސްވުމެއް ނެތް ކަމަށެވެ.
އެ މަނިކުފާނު އެގޮތަށް ޖަވާބު ދެއްވުމުން މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ސައީދުގެ ސުވާލަކަށް ވީ، ފްރީ ޓްރޭޑް އެއްބަސްވުމާ ބެހޭ ގޮތުން ނަޝީދު ދެއްކެވީ އަމިއްލަފުޅު ވާހަކަފުޅެއްތޯ ނުވަތަ އެއީ ސަރުކާރުގެ ސްޓޭޓްމަންޓެއްތޯ އެވެ.
ޖަވާބުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނާ ވާހަކަތައް ސައީދަށް ސާފުވާނެ ކަމަށާއި އެ މަނިކުފާނަކީ މަޖިލީހުގެ ރައީސް ކަމަށެވެ.
"އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތް. އަޅުގަނޑާ ދިވެހި ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި އަދި މިވަގުތު އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަމަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދުދޭ އަޅުގަނޑު ތާއީދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅާ އެކު މަޖިލީހުގެ ތަޅުމުގައި ބައެެއް މެމްބަރުން އަތްތިލަބަޑި ޖެއްސެވި އެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، އެ މަނިކުފާނަކީ ހަތަރު ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަން ސަރުކާރުގެ ހަތަރު ލީޑަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި ކެމޭން ކުރެއްވީ ވެސް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަަދި އެމްއާރްއެމް އެވެ.
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
އާޒިމް ވިދާޅުވަނީ މައްސަލައަކީ ބައެއް ވަޒީރުން ކަމަށް
ފައިސާ ޗާޕްކުރުމުގެ ހުއްދައާ މެދު ގޮތެއް ނުނިމުނު؟!
ބަޖެޓަކީ ޅޮސް ލަކުޑި ކަމަށް ނަޝީދު ސިފަކުރައްވައިފި
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
ވޯޓާ ގުޅެނީ ފައްޔާޒު "ބްރޯ" އަކަށް ވުމުގެ ބިރު؟!
ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ތައްޔާރުވަނީ