ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
09 އޮކްޓޯބަރ 2020
ސައުތު ކޮރެއާގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ހާއްސަ ހަރަކާތްތަކެއް ފަށައިފި އެވެ.
އެ އިދާރާ އިން ބުނީ، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ސައުތު ކޮރެއާގައި ތިން ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި އައުޓްޑޯ ބަސް ކެމްޕެއިން، "ރީ-ޑިސްކަވާ މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް"ގެ ނަމުގައި އޮންލައިން ޕްރޮމޯޝަނެއްގެ އިތުރުން ހަނީމޫންތަކަށް ހާއްސަ އޮންލައިން ޕްރޮމޯޝަނެއް ހިމެނެ އެވެ.
ތިން މަހުގެ މުއްދަތަށް ކުރިއަށް ގެންދާ އައުޓްޑޯ ބަސް ކެމްޕެއިންގެ ބޭނުމަކީ ޓޫރިސްޓުންގެ މެދުގައި ރާއްޖެއާ މެދު ޝައުގުވެރިކަން އިތުރު ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. މި ކެމްޕޭނުގެ ދަށުން ސައުތު ކޮރެއާގެ ގޭންގްނަމް ސަރަހައްދުގެ ފަސް ބަހެއްގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. މި ކެމްޕޭނުގައި ބޭނުންކުރާ މެސެޖުތަކާއި ފޮޓޯތަކުން ދައްކުވައި ދޭނީ ރާއްޖޭގެ ޖަޒީރާވަންތަކަމާއި ރައްކާތެރިކަން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.
މި ކެމްޕެއިނުގެ ސަބަބުން 150 މިލިއަނަށް ވުރެ ގިނަ މީހުންގެ މެދުގައި ރާއްޖެ އިޝްތިހާރު ވާނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ސައުތު ކޮރެއާގެ މަޝްހޫރު އޮންލައިން ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދާ އޮންލައިން ޕްރޮމޯޝަނުގެ ދަށުން އެ ގައުމުގެ އެންމެ ބޮޑު އެއް ސާޗް އިންޖީން، 'ނޭވާ' ޕޯޓަލުގައި ކީވޯޑު އެޑުގެ ޒަރިއްޔާއިންނާއި ފޭސްބުކް އަދި އިންސްޓަގްރާމުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި، މިކެމްޕެއިންގެ މަގުސަދަކީ ރާއްޖެ އަކީ ކޮންމެހެން ވެސް ޒިޔާރަތް ކުރަންޖެހޭ މަންޒިލެެއްކަން އަންގައިދީ، ރާއްޖެ އޮތީ ސައުތު ކޮރެއާގެ ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަން ހާމަކޮށްދިނުމެވެ.
ރާއްޖެ އަށް ހަނީމޫނަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ހަނީމޫން ހާއްސަ އޭޖެންޓުންނާ އެކު ވެސް ވަނީ އޮންލައިން ކެމްޕެއިނެއް ފަށައިފަ އެވެ. މި ކެމްޕެއިނުގެ ދަށުން ސައުތު ކޮރެއާގެ އެންމެ މަޝްހޫރު ދެ އޭޖެންޓުން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރާނެ އެވެ.
ރާއްޖެ އަކީ މިހާރު ވެސް ސައުތު ކޮރެއާ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ހަނީމޫން މަންޒިލެކެވެ.
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ޒުވާން ދެމަފިރިންގެ ހަނީމޫން ވީ ސަޕްރައިޒަކަށް
ރާއްޖެ ޕްރޮމޯޓްކުރަން ގަތަރު އެއާވޭސްއިން އެއްބަސްވެއްޖެ
"ލީޑިން ޑެސްޓިނޭޝަން" އެވޯޑް މި އަހަރުވެސް ރާއްޖެއަށް