10 އޮކްޓޯބަރ 2020
ރަނގަޅު ފެންވަރުގެ ނަފުސާނީ ފަރުވާ ލިބެން ހުރުމުގެ މުހިއްމުކަން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެއްޖެ ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކަށް ނަފުސާނީ ފަރުވާގެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރަނގަޅު ފެންވަރުގެ ނަފުސާނީ ފަރުވާ ލިބެން ހުރުމުގެ މުހިއްމުކަން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ފާހަގަވެއްޖެ ކަމަށާއި ރާއްޖޭގެ ކަންކޮޅުތަކަށް ނަފުސާނީ ފަރުވާގެ ވަސީލަތްތައް ފުޅާކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަފުސާނީ ސިއްހަތުގެ ދުވަހުގެ މުނާސަބާގައި ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސިއްހަތާ ބެހޭ ސިޔާސަތުގައި ހިމެނޭ މުހިއްމު އެއް ކަންތައް ކަމަށެވެ. ނަފުސާނީ ފަރުވާ މުޅި ރާއްޖެ އަށް ފަތުރައިލުމުގެ ވައުދު އަލުން އާކުރައްވަނީ އެހެންވެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
The COVID-19 pandemic underscores the importance of quality mental healthcare. Access to mental health services remains a key aspect of our public health outlook. Which is why on #worldmentalhealthday I reaffirm our commitment to expanding mental healthcare nationwide.
— Ibrahim Mohamed Solih (@ibusolih) October 10, 2020
ރާއްޖޭގަައި ނަފުސާނީ މައްސަލަތަކަށް ރަނގަޅު ފެންވަރުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމައްސަަން ސަރުކާރުން މިހާރު ވެސް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ނަފުސާނީ ފަރުވާ އަށް ހާއްސަ މަރުކަޒެއް އައިޖީއެމްއެޗުގައި މިދިޔަ އަހަރު ވަނީ ގާއިމުކޮށްފަ އެވެ. އެ މަރުކަޒު ގާއިމުކުރި ފަހުން ގިނަ އަދަދެއްގެ މީހުން ފަރުވާ ހޯދަމުން އައި ކަމަށް އައިޖީއެމްއެޗުން އޭރު ބުންޏެވެ. އެކަމަކު ނަފުސާނީ ފަރުވާ އާއި އެ ނޫން ވެސް ބައެއް ސްޕެޝަލިޓީތަކުގެ ފަރުވާ ހޯދުން ކޮވިޑް-19 އާ ގުޅިގެން ވަނީ ކޮންމެވެސް ވަރަކަށް އުނދަގޫ ވެފަ އެވެ.
ބައިނަލްއަގުވާމީ ނަފުސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީސް ގުޅިގެން މިއަދު ވަނީ ބައެއް ހަރަކާތްތައް ހިންގައިފަ އެވެ. މި ދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯއިން މިރޭ ބޮޑު ހަރަކާތެއް އަންނަނީ ހިންގަމުންނެވެ. ވާޗުއަލްކޮށް ކުރިއަށް ގެންދާ އެ ހަރަކާތުގައި ރައީސް އިިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ޖިންސީގޯނާ އިތުރުވާ މައްސަލަ ހައްލުކުރަން ޖެހޭ: ރައީސް
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ގާއިމްކުރަނީ
ނަފްސާނީ ބަލީގެ ހާލަތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައި
"ނަފްސާނީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ހިލޭ ދޭނަން"
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ
ރާއްޖޭގެ ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސް ފަށައިފި
ސޯޝަލް ވޯކަރުންގެ މުސާރައިގެ ކަންބޮޑުވުމަށް ހައްލެއް
'އޮއެވަރު' ކޮންފަރެންސަށް ދިރާގުން އެހީ ދީފި