Roadha Mihaaru
އެންއައިސީއަށް ގާސިމާ އެކު ހަތަރު ބޭފުޅަކަށް ރުހުންދީފި

އެންއައިސީ އަށް ގާސިމާ އެކު ހަތަރު ބޭފުޅަކު އައްޔަންކުުރަން ރުހުން ދީފި

19 އޮކްޓޯބަރ 2020

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ފަޅާ އަރުވައިލި ވިސްލްބްލޯވާ ގާސިމް އަބްދުލްކަރީމް ހިމެނޭ ގޮތުން ހަތަރު ބޭފުޅަކު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ފަޅާ އަރުވައިލި ވިސްލްބްލޯވާ ގާސިމް އަބްދުލްކަރީމް ހިމެނޭ ގޮތުން ހަތަރު ބޭފުޅަކު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އެންއައިސީ އަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 17 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވުމުން އެ ނަންތަައް ދިރާސާކުރުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސާތަކާ ބެހޭ ކޮމިޓީން ފުރަތަމަ އެކުލަވައިލި ރިޕޯޓްގައި އޮތީ ހަތް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓްގައި އޮތް ތަރުތީބުން ވޯޓަށް އެހި އިރު ރުހުން ދޭން ފާސްވީ، އާމިނަތު ޝާދިޔާ މ. ޕިސްތާގެ، އާމިނަތު ޝިއުނާ ދޫރެސް ވިލާ، އަދި ޝުއައިބު އަބްދުއްރަހުމާނެވެ. ޝާދިއާ އާއި ޝިއުނާގެ ނަން ކޮމިޓީ ރިޕޯޓްގައި ލިސްޓްކޮށްފައި އޮތީ "ހައިލީ ރިކޮމެންޑެޑް" ގެ ގޮތުގަ އެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފަޅައި އަރުވައިލުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސްގެ ލިޔެކިއުންތަކެއް ބޭރުކުރުމުން ކުރީގެ ސަރުކާރުން ދައުވާކޮށް ޖަލަށްލި ގާސިމް އަބްދުލް ކަރީމްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވީ ފަހުންނެވެ. އެހެންވެ އޭނާއާ އިންޓަވިއުކޮށް، ކޮމިޓީން އެކުވަލައިލީ ވަކި ރިޕޯޓެކެވެ.

އެންއައިސީ އަށް ގާސިމް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.