ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 19) - މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ޕާލަމެންޓުގެ ތާއީދު ހޯއްދެވުމަށް މެންބަރުންގެ ލިސްޓެއް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ރަސްގެފާނަށް ހުށަހެޅުއްވުމުން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
19 އޮކްޓޯބަރ 2020
ކުއާލަ ލަމްޕޫރު (އޮކްޓޯބަރު 19) - މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވޭ ވަރަށް ޕާލަމެންޓުގެ ތާއީދު ހޯއްދެވުމަށް މެންބަރުންގެ ލިސްޓެއް އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ރަސްގެފާނަށް ހުށަހެޅުއްވުމުން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
އަންވަރަށް ތާއީދުކުރާ ކަމަށް ބުނާ ޕާލަމެންޓުގެ ބައެއް މެންބަރުންގެ ލިސްޓް ސޯޝަލް މީޑިއާގައި އާއްމުކުރުމާ އެކު ފުލުހުން ބުނެފައި ވަނީ ބައެއް މެންބަރުން މައްސަލަ ޖައްސާފައިވާ ކަމަށެވެ. އަންވަރު ވިދާޅުވީ މެންބަރުންގެ ލިސްޓު ދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ. ނަމަވެސް އަންވަރު ވިދާޅުވީ އެއީ ފުލުހުންނަށް ދެވޭނެ ލިސްޓެއް ނޫން ކަމަށާއި ލިސްޓާ ބެހޭ މައުލޫމާތު ހޯދޭނީ ހަމައެކަނި ރަސްގެފާނަށް ކަމަށެވެ.
"ހައިރާންވާން ޖެހޭ ކަމަކީ ފުލުހުން ލިސްޓް ބޭނުންވެގެން އުޅޭތީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން 73 އަހަރުގެ އަންވަރު ވިދާޅުވި އެވެ. "މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރާ ކަމެއް. މިއީ ޖެއްސުން ކުރުމެއް."
އަންވަރު ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ 120 އަށް ވުރެ ގިނަ މެންބަރުން އޭނާ އަށް ތާއީދުކުރާ ކަމަށެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް ޕާލަމެންޓުގެ 222 މެންބަރުންގެ އަޣުލަބިއްޔަތު ތާއީދު ބޭނުންވާނެ އެވެ.
އަންވަރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ އެ ހާސިލް ކުރެވުނީ 20 އަހަރު ވަންދެން ކުރެއްވި އުއްމީދެކެވެ. ޖަލުގައި އަހަރުތަކެއް ހޭދަކުރެއްވި އަންވަރު މިނިވަންކޮށްފައި ވަނީ މަހާތިރު މުހައްމަދު އިސްކޮށް ހުންނެވި އިދިކޮޅު އިއްތިހާދު 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ފަހު އެވެ. އާ ސަރުކާރުގައި މަހާތިރަށް ފަހު ބޮޑުވަޒީރުކަން ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅަކީ އަންވަރެވެ. ނަމަވެސް ކޯލިޝަން ތެރޭގައި އުފެދުނު ޚިޔާލުތަފާތުންތަކާ ގުޅިގެން މަހާތިރު އިސްތިއުފާ ދެއްވުމާ އެކު، ބޮޑުވަޒީރުކަން ހޯއްދެވީ މުހްޔިއްދީން ޔާސީނެވެ. އޭނާގެ ސަރުކާރަށް ޕާލަމެންޓުގައި ލިބިފައި ވަނީ ދެ ގޮނޑީގެ އަޣުލަބިއްޔެތެކެވެ.
ކޮވިޑްގެ ފިޔަވަޅު އަޅާނީ ޗައިނާއަށް އަމާޒުކޮށެއް ނޫން
މެލޭޝިޔާގައި ވަޒީރުންގެ މުސާރައިން 20ޕަސެންޓް ކަނޑަނީ
މެލޭޝިޔާގެ ބޮޑުވަޒީރުކަން އަންވަރަށް ދެއްވައިފި
މެލޭޝިޔާގައި ސަރުކާރެއް އުފެއްދޭ ވަރެއް ނުވި
ސަރުކާރު ވައްޓާލަން މަހާތިރާއި އަންވަރު އެއްގަލަކަށް
ސަރުކާރު ބަދަލުކުރަން ރަސްގެފާނާ އަންވަރު ބައްދަލުކޮށްފި
މަހާތިރުގެ ބަދަލުގައި ވެރިކަން މުހްޔިއްދީން ޔާސީން އަށް
އަންވަރުގެ ތާއީދާ އެކު މަހާތިރު އަނެއްކާވެސް ވެރިކަމަށް
އާ ބޮޑުވަޒީރު ހޮވަން މެލޭޝިއާ ޕާލަމެންޓް ބައްދަލުކުރަނީ
އާ ކޯލިޝަނަކުން ބޮޑުވަޒީރުގެ މަގާމު މަހާތިރު ބޭނުންވޭ