Roadha Mihaaru
ކޮވިޑްގެ ފިޔަވަޅު އަޅާނީ ޗައިނާއަށް އަމާޒުކޮށެއް ނޫން

މެލޭޝިއާއިން ކޮވިޑްގެ ފިޔަވަޅު އަޅާނީ ހަމައެކަނި ޗައިނާ މީހުންނަށް އަމާޒުކޮށެއް ނޫން: އަންވަރު

05 ޖެނުއަރީ 2023

ޕުޓްރަޖާޔާ (ޖެނުއަރީ 5) - ކޮވިޑްގެ ފިޔަވަޅުތައް އަޅާނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޕުޓްރަޖާޔާ (ޖެނުއަރީ 5) - ކޮވިޑްގެ ފިޔަވަޅުތައް އަޅާނީ ހަމައެކަނި ޗައިނާގެ ދަތުރުވެރިންނަށް އަމާޒުކޮށްގެން ނޫން ކަމަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޗައިނާ ހުޅުވާލުމުން އެ ގައުމުގެ ދަތުރުވެރިން ވެސް މެލޭޝިއާ އަށް ޒިޔާރަތް ކުރާނެތީ އެ ގައުމުން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއާޕޯޓްގައި ވަރުގަދަކޮށްފަ އެވެ. އަންވަރު ވިދާޅުވީ ކޮވިޑްގެ ފިޔަވަޅުތައް އެޅުމުގައި ވަކި ގައުމެއް ތަފާތު ނުކުރާނެ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތި ކެބިނެޓުން ނިންމީ ސިއްހީ ކަންތަައްތަކޭ އެންމެ ފުރަތަމަ މުހިންމީ. ޓޫރިޒަމާއި އިގްތިސާދާ ގުޅޭ ސުވާލުތަކުން މި މަސްލަހަތުތައް ފަހަތަށް ނުޖެއްސޭނެ ކަމަށް،" ކެބިނެޓްގައި އިއްޔެ ކުރި މަޝްވަރާތަކާ ގުޅިގެން އަންވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް ހައި ރިސްކް ތަންތަނުން އެ ގައުމަށް ދާ ޓޫރިސްޓުން ސްކްރީން ކުރުމުގައި އިމްގްރޭޝަން ޗެކް ޕޮއިންޓްތަކުން ސަމާލުވާނެ ކަމަށެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރު ޒަލިހާ މުސްތޮފާ ވިދާޅުވީ ޗައިނާއިން ދަތުރުކުރާ ފްލައިޓްތަކުން ބޭރުކުރާ ބޭކާރު ފެނުގެ ސާމްޕަލް ނަގައިގެން ކޮވިޑަށް ޓެސްޓް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ އަލާމަތްތައް ފެންނަ ކޮންމެ ދަތުރުވެރިޔަކު އިތުރަށް ޓެސްޓް ހެއްދުމަށްޓަކައި ކަރަންޓީން ކުރާނެ ކަމަށެވެ.

ކޮވިޑްގެ ކުރިން މެލޭޝިއާ އަށް ތިންވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރަނީ ޗައިނާއިންނެވެ. އެގޮތުން 2019 ގައި ޗައިނާގެ 3-1 މިލިއަން ޓުރިސްޓުން މެލޭޝިއާ އަށް ޒިޔާރަތް ކުރި އެވެ.