Roadha Mihaaru
ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ޚިލާފު މަޖިލީހުން ބަލަނީ

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީ އާއި ޕީޖީގެ ޚިލާފުވުން މަޖިލީހުން ބަލަނީ

21 އޮކްޓޯބަރ 2020

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 200 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ކަމާ މެދުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އުފެދިފައިވާ ޚިލާފުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 200 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ކަމާ މެދުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އުފެދިފައިވާ ޚިލާފުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެއްޓެވުމަށް ފަހު ނަޝީދު ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އިސްތިއުފާ ދެއްވުމުން އެ މައްސަލަ ނިމިފައިވާ ކަމަށާއި ނަމަވެސް ވެންޓިލޭޓަރުތަކުގެ މައްސަލަ މަޖިލީހުން ގާތުން ބަލަމުން ދާން ޖެހޭނެ ކަމަށެވެ. އޭސީސީ އާއި ފުލުހުންް ގުޅިގެން ހިންގި ތަހުގީގާ މެދު ޕީޖީއާ ޚިލާފު އުފެދުނު މައްސަލަ ބަލަން އެމަނިކުފާނު އެދިވަަޑައިިގެންނެވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށެވެ.

"އޭސީސީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހިންގި ތަހުގީގުގައި، ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ އުފުލާނެވަރުގެ ހެއްކެއް ގަރީނާއެއް ނެތް ކަމަށް އެ އޮފީހުން އެ ބޭފުޅާ އެބަ ވިދާޅުވޭ. މި ޚިލާފު އުފެދިފައިވާތީވެ އަަޅުގަނޑު އެދެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މި މައްސަލަަ އިތުރަށް ބައްލަވައިދެއްވުމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވެންޓިލޭޓަރުތައް ގަތުމުގެ ކޮރަޕްޝަނުގައި ބައިވެރިވި ފަރާތްތައް ހޯދި އެފަރާްތްތަކަށް ހައްދު އަދަބު ދެވި، ގެއްލުންވި ފައިސާ އަނބުރާ ހޯދެންދެން މަޖިލީހުން އެކަމުގައި ފާރަވެރިވާން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ މަޖިލީހުގެ ގާނޫނީ ވާޖިބެެކެވެ. އެއީ ގާނޫނު އަސާސީން މަޖިލީހަށް ލާޒިމުކޮށްްފައިވާ މަސައްކަތެއް ކަމަށާއި މަޖިލީހަށް އިންތިހާބުވާން މެމްބަރުން ކުރެއްވި ކެމްޕޭންގައި ދެއްކެވި ވާހަކައިގެ އަސާސަކީ ވެސްް އެއީ ކަމަށް އެ މަނިކުފާނު ވިދާލުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ވެންޓިލޭަޓަރު މައްސަލަަ މަޖިލީހުން ބަލަން އެމަނިކުފާނު އެދިވަޑައިގެންނެވި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ވެންޓިލޭަޓަރު މައްސަލަަ މަޖިލީހުން ބަލަން އެމަނިކުފާނު އެދިވަޑައިގެންނެވި.

ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ފޮނުވި މައްސަަލަތައް ޕީޖީ އޮފީހުން އިއްޔެ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވި އެވެ. ނަމަވެސް އޭސީސީން އެކަން ގަބޫލެއް ނުކުރެ އެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، އެ މައްސަލަ ދިރާސާކޮށް ދައުވާ ނުކުރަން ނިންމީ ކޯޓެއްގައި ކުށް ސާބިތުކުރެވޭނެ ކަމަކަށް އެ އޮފީހަށް ނުފެންނާތީ ކަމަށެވެ. ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި މި ތަހުގީގަށް ފަހު މައިގަނޑު 12 ތުހުމަތެއް ކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ތުހުމަތުތައް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި، އެއީ މުޅިން ވެސް އިދާރީ މައްސަލަތަކެކެވެ.