ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މިރޭ މަނާކޮށްފި އެވެ.
31 އޮކްޓޯބަރ 2016
ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މިރޭ މަނާކޮށްފި އެވެ.
ޖުޑިޝަރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސުއޫދާއި އަލީ ހުސައިން ވަކާލާތު ކުރުން މަނާ ކުރީ އެ ދެ ވަކީލުންނާ ގުޅޭ މައްސަލައެއް ބަލަމުންދާތީ، އެ މައްސަލަ ނިމެންދެން ކަމަށެވެ. އަދި އެ ފިޔަވަޅު އެޅީ ސުޕްރީމް ކޯޓުގެ ގަވާއިދާއި ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދާއި ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުންނާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ބަޔާނުގައި ބުންޏެވެ.
ނަމަވެސް މި ދެ ބޭފުޅުންނާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފްސީލެއް ބަޔާނުގައި ނެތެވެ.
މެމްބަރު އަލީ ހުސައިން (ވ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އޭނާ ވަކާލާތު ކުރުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ ގޮތުން މަނާ ކޮށްފައި. - ފޮޓޯ: މިހާރު
ސުއޫދާއި އަލީ ހުސައިން ވަކާލާތު ކުރުން މަނާ ކުރި އިރު، އެކި މަގްސަދުތައް ހާސިލްކުރަން ކޯޓުތަކުގެ ހުކުމްތައް މާނަ ކުރަމުންދާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިރޭ ވަނީ ބަޔާނެއް ނެރެފެ އެވެ. އެ ބަޔާނުގައި ބުނީ، ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދައްކާ ވަކީލުން ވަކި މުއްދަތެއް ނެތް ގޮތަށް ވަކާލާތު ކުރުން މަނާ ކުރުމާއި ހުއްދަ ބާތިލް ކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ.
ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ސުއޫދަކީ މިހާރު ޕީޕީއެމްގައި އުފެދިގެން އުޅޭ މައްސަލާގައި، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލެވެ. މައުމޫންގެ ހައްގު ގެއްލޭ ގޮތަށް، ޝަރީއަތްތަކުގައި ކަން ހިނގާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!
ޖޫރިމަނާގެ ބޮޑެތި އަދަދުތައް އަތް ނުފޯރާ ފަށުގައި
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި
އޮޅުންބޮޅުން: ޝަރުއީ ނިޒާމަށް އަވަސް ފަރުވާއެއް ބޭނުން
ގޯސްތަކެއް ހަދާ ނަމަ ވަކީލުން ތެދުވަން ޖެހޭ: މުއިއްޒު
ސުއޫދުގެ ވާހަކަތައް ދޮގުކޮށް ކްރިމިނަލް ކޯޓުން އިންޒާރު