Roadha Mihaaru
ފޭސްބުކުން ކްލައުޑް ގޭމިން ތައާރަފުކޮށްފި

ފޭސްބުކުން ކްލައުޑް ގޭމިން ތައާރަފުކޮށްފި

01 ނޮވެމްބަރ 2020

ފޭސްބުކުން މި އަހަރުގެ ކުރީކޮޅު ލޯންޗްކުރި ފޭސްބުކް ގޭމިންގެ ދަށުން ކްލައުޑް ގޭމިންގެ ހިދުމަތް ވެސް ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޭސްބުކުން މި އަހަރުގެ ކުރީކޮޅު ލޯންޗްކުރި ފޭސްބުކް ގޭމިންގެ ދަށުން ކްލައުޑް ގޭމިންގެ ހިދުމަތް ވެސް ތައާރަފުކޮށްފި އެވެ.

އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ މީހުންނަށް މި ވަގުތު ބޭނުންކުރެވުނަސް މާ ލަސްތަކެއް ނުވެ އައިއޯއެސްގެ އަހުލުވެރިންނަށް ވެސް ފޭސްބުކް ކްލައުޑް ގޭމިން ލިބޭނެ ކަމަށް ބުންޏެވެ. މި ހިދުމަތް ވެގެން ދާނީ ޑައުންލޯޑްކުރުމަކާ ނުލައި، ވަރަށް ފަސޭހަކޮށް ގޭމް ކުޅެވޭ ޕްލެޓްފޯމަކަށެވެ.

ފޭސްބުކުން ބުނެފައިވާ ގޮތުގައި މި ވަގުތު ކްލައުޑް ގޭމިންގެ ހިދުމަތަކީ އެމެޒޯން އާއި ގޫގުލްގެ ލްކައުޑް ގޭމިންއާ ވާދަކުރަން ކުރާ ކަމެއް ނޫނެވެ. އެހެންވެ އެ ދެ ޕްލެޓްފޯމްގައި ލިބޭ ރިޒޮލިއުޝަން ކޮލިޓީ އާއި ސްޕީޑަށް ބަލާ އިރު، ފޭސްބުކްގެ ފްލެޓްފޯމްގައި ތަފާތުތަކެއް ހުންނާނެ ކަމަށް ބުންޏެވެ.

"އަހަރެމެން ވެސް ގަބޫލުކުރާ ގޮތުގައި ދިގު މުއްދަތަކަށް ބަލާއިރު، ކުރިމަގު ގުޅިފައި އޮތީ ކްލައުޑް ގޭމިންއާ. އެހެންވީމާ ގިނަ ބަޔަކަށް ވީހާ ވެސް ފަސޭހަކޮށް ކްލައުޑް ގޭމިންގެ ހިދުމަތް ލިބުމަކީ ވަރަށް މުހިއްމު ކަމަކަށް ވާނެ،" ފެސްބުކުން ބުންޏެވެ. "ވާދަވެރި ކަމަކަށް ވުރެ ބޮޑަށް އަހަރެމެން މިކަން ފަށައިގަތީ ގިނަ ބަޔަކަށް ކްލައުޑް ގޭމިން ފޯރުކޮށް ދިނުމުގެ ގޮތުން.

މި ވަގުތު ހިލޭ ކުޅެވޭ ގޭމްތަކުގެ ތެރޭގައި ޑަބްޑަބްލިއުއީ ސުޕަ ކާޑާއި އެސްޕޯލްޓް 9: ލެޖެންޑްސް، ޕީޖީއޭ ޓުއާ ގޯލްފް ޝޫޓްއައުޓް، މޮބައިލް ލެޖެންޑްސް: މޮބައިލް އެންޑް ސޮލިޓެއާ އާތާޒް ޓޭލް ހިމެނެ އެވެ.

މި ވަގުތު ފޭސްބުކްގެ ކްލައުޑް ގޭމިން ލިބެނީ އެމެރިކާގެ ބައެއް ސަރަހައްދުތަކަށެވެ. އެކަމަކު މުޅި އެމެރިކާ އަށް ފުޅާކޮށް، ވަރަށް އަވަހަށް މުޅި ދުނިޔެ އަށް ވެސް ހިދުމަތް ހުޅުވައިލާނެ ކަމަށް މާކް ޒަކަބާގްގެ ފޭސްބުކުން ބުންޏެވެ.