ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާއިން ހަދިޔާކުރި ލޯންޗު ބޭނުންކުރަން މިއަދު ފަށައިފި އެވެ.
02 ނޮވެމްބަރ 2020
ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާއިން ހަދިޔާކުރި ލޯންޗު ބޭނުންކުރަން މިއަދު ފަށައިފި އެވެ.
އާބާދީ ކުޑަކަމުން ފެހެންދޫ ސްކޫލު 2008 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އޭރުން ފެށިގެން ފެހެންދޫ ދަރިވަރުން، ހިޔާނުކޮށް އޮތް ޑިންގީއެއްގައި ކިޔަވަން ދަނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށެވެ.
އެ ލޯންޗު އޮޕަރޭޓްކުރާ ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ، މިދިޔަ ޖުލައި މަހު ހަދިޔާކުރި ލޯންޗު ބޭނުންކުރަން ފެށުން ލަސްވީ ފެހެންދޫގެ ބަނދަރު ނުނިމޭތީ ކަމަށެވެ.
އެމްޓީސީސީން ހަދަމުން އަންނަ ބަނދަރުގެ މަސައްކަތުގެ 50 ޕަސެންޓަށްވުރެ ބޮޑުބައި ވަނީ ނިންމައިފަ އެވެ. އެހެންވެ ލޯންޗު ކައިރި ކުރަނީ، މީގެ ކުރިން ބޭނުންކުރި ފާލަމަށެވެ.
ލޯންޗު ބަނދެފައިވަނީ، މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި 106 މިލިއަން ރުފިޔާ ގްރާންޓުން، 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.
Really happy to see the students of Fehendhoo School going to school in B Fehendhoo Ferry. Thank you @HCIMaldives for making this possible. @goidhooschool @hisaanhussain pic.twitter.com/oozWMJ17M3
— Aishath Ali (@aisthly) November 2, 2020
ނިޒާމް ވިދާޅުވީ ހެނދުނު 8:00 ގައި ފަށާ ކްލާހަށް ފެހެންދޫ އިން 30 ދަރިވަރުންނާއެކު 7:40 ގައި ނައްޓާލައި 3-4 މިނެޓު ތެރޭގައި ގޮއިދުއަށް ދެވޭނެ ކަމަށެވެ. އެ ލޯންޗު ބޭނުންކުރަން ފެށުމުން ދަރިވަރުންނަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފެހެންދޫ އިން ލޯންޗަށް އެރުމުގެ ކުރިން، ފ ދަރިވަރުންގެ ހުން ބަލައި އަތް ދޮންނާނެ އިންތިޒާމު ހަމަޖައްސާފައި ވެ އެވެ.
މީގެ ކުރިން ދުއްވި ކުޑަ ޑިންގީ ވެސް އޮޕަރޭޓްކުރީ ގޮއިދޫ ސްކޫލުންނެވެ. އޭރު އެ ޑިންގީ ހިންގީ، 24 ދަރިވަރުންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ބޮލަކަށް ސަރުކާރުން ދޭ 1،000ރ. ގެ ސަބްސިޑީންނެވެ. އެ ސަބްސިޑީން، ޑިންގީ ދުއްވި ކައްޕިގެ މުސާރަ ހަމަޖައްސައި ތެޔޮ ގަނެވޭ ކަމަށާއި އެކަމަކު ބޮޑު ލޯންޗުގެ ކަންކަން، 24،000ރ. އިން ހަމަ ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އިތުރަށް ހިނގާ ހަރަދުތަކުގެ ތަފްސީލު މިނިސްޓްރީއާ ހިއްސާކުރަން އެދިފައި ވެ އެވެ.
ބޮޑު ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިން ތިބެ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އަށް ކިޔަވައިދޭ ގޮއިދޫ ސްކޫލުގައި މިވަގުތު 160 ދަރިވަރުން އެބަތިއްބެވެ.
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟
ޓެލިކިލާހަށް އޭޝިއާ ސަރަހައްދުގެ އެވޯޑެއް
ޕްރީސްކޫލް ނޫނީ ބަންދުކުރުމުގެ ވިސްނުމެއް ނެތް
ކަންބޮޑުނުވޭ، ކުދިން ސްކޫލަށް ފޮނުވައިދީ: މިނިސްޓަރު
ތައުލީމީ ގާނޫނު: ތައުލީމީ ދާއިރާއަށް ބޮޑު އުއްމީދެއް
ތައުލީމުގެ ގާނޫނުން ދާއިރާ ތަރުތީބުކޮށްދޭނެ: މިނިސްޓަރު