ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް އިތުރު 27 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
03 ނޮވެމްބަރ 2020
ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް އިތުރު 27 މީހަކު މިއަދު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ މިހާތަނަށް އެ ރިސޯޓުން 176 ސާމްޕަލް ނަގާފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ޖުމްލަ 46 މީހަކަށް ބަލި ޖެހިފައިވާ ކަމަށެވެ.
މިއީ އެއް ރިސޯޓަކުން މިހާ ގިނަ އަދަދެއްގެ ބަޔަކަށް ބަލި ޖެހުނު ފުރަތަމަ ފަހަރެވެ.
މިހާރު ވެސް ޓޫރިސްޓުން ތިބި ރިސޯޓްގައި ކޮވިޑް-19 ފެތުރިފައިވާކަން އެނގުނީ އުމުރުން 60 އަހަރުގެ ދިވެހި މުވައްޒަފަކު ބަލިވެގެން، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްކުރުމުންނެވެ. އޭނާ ވަނީ ކޮވިޑްގައި މަރުވެފަ އެވެ.
އެޗުއީއޯސީން ބުނީ އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ބޭނުންވާ މީހުންނަށް ގައުމަށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ ނަމަ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށެވެ. ކޮވިޑު ޖެހިގެން ކަނޑިންމަ ރިސޯޓުން މަރުވި މީހާ ކުޑަހުވަދު އަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެ ތިން ދުވަސް ފަހުން ކަމަށްވެ އެވެ. އެ ރިސޯޓުގައި އެ ބަލީގެ އަލާމާތްތައް ހުރި މީހުން ތިބި ކަމުގެ ރިޕޯޓެއް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ޓީމެއް ފޮނުވަން އުޅުނު ކަމުގެ އަޑު ވެސް ފެތުރުނެވެ. ނަމަވެސް އެކަމަށް ރިސޯޓުން އޭރު އެއްބާރުލުން ނުދިން ކަމަށް ވެ އެވެ.
ކަނޑިންމައިން އިހުމާލުވިކަމުގެ ހެކި އެބަހުރި: އާމިރު
ކޮވިޑަށް 59 މީހަކު ޕޮޒިޓިވްވެއްޖެ
ކަނޑިންމަ ރިސޯޓުގެ 17 މީހަކު ކޮވިޑަށް ޕޮޒިޓިވް
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ