ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗުޕީއޭ އިން ދެންމެ ބުނެފި އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި މުޅިން ވެސް ތިބީ ރިސޯޓުގެ މުވައްޒަފުންނެވެ.
01 ނޮވެމްބަރ 2020
ދ. ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗުޕީއޭ އިން ދެންމެ ބުނެފި އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި މުޅިން ވެސް ތިބީ ރިސޯޓުގެ މުވައްޒަފުންނެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ، އުމުރުން 60 އަހަރުގެ ދިވެއްސަކު އިއްޔެ ރޭ މަރުވެފައިވާއިރު، އެޗުޕީއޭ އިން ދެންމެ ބުނީ އެކަމާ ގުޅިގެން ނެގި 20 ސާމްޕަލްގެ ތެރެއިން 17 މީހެއްގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
"އަދި އެ ރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރިއަށް. އަދި ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރިވަމުން،" އެޗުއީއޯސީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކަނޑިންމަ ރިސޯޓަށް މީހުން އަރައި ފޭބުން އިއްޔެ ހަވީރުން ފެށިގެން އެޗުޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.
އެޗުއީއޯސީން ބުނީ، އެ ރިސޯޓުގައި ތިބި ޓޫރިސްޓުންގެ ތެރެއިން ފުރަން ބޭނުންވާ މީހުންނަށް ގައުމަށް ދެވޭނީ ކޮވިޑް ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ ނަމަ، ޕީސީއާރު ޓެސްޓު ނެގެޓިވް ވުމުން ކަމަށެވެ.
ކޮވިޑު ޖެހިގެން ކަނޑިންމަ ރިސޯޓުން މަރުވި މީހާ ކުޑަހުވަދު އަށް ގެންދިޔައީ ބަލިވެ އުޅޭތާ ދެތިން ދުވަސް ފަހުން ކަމަށާއި އެ ރިސޯޓުގައި އެ ބަލީގެ އަލާމާތްތައް ހުރި މީހުން ތިބި ކަަމޔގެ ރިޕޯޓެއް ލިބިގެން ދ. އަތޮޅު ހޮސްޕިޓަލުން އެ ރަށަށް ޓީމެއް ފޮނުވަން އުޅުނު ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެކަމަކު، އެކަމަށް އެއްބާރުލުން ނުދިން ކަމަށް ވެ އެވެ.
ކުޑަހުވަދޫން ކަނޑިންމަ އަށް ދާން އުޅުނު ޓީމަށް އެއްބާރުލުން ނުދިން ކަމަށް ދެއްކެވޭ ވާހަކައާ ބެހޭ ގޮތުން ރޭގެ މީޑިއާ ބްރީފިން ގައި ނޫސްވެރިއަކު ކުރި ސުވާލަށް ނަޒްލާ ސާފު ޖަވާބެއް ނުދެއްވަ އެވެ. ހޮސްޕިޓަލްގެ ޓީމެއް އެރިޔަ ނުދިނުން ކަހަލަ އެއްވެސް ކަމެއް ދިމާވިތޯ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ އަލާމާތްތައް ހުރި މީހުން އެ ރަށުގައި ކޮންމެވެސް ވަރަކަށް ތިބިކަމުގެ މައުލޫމާތު ލިބުމުން ހޮސްޕިޓަލުން ރިސޯޓާ މުއަމާލާތު ކުރި ކަމަށެވެ
"އެހެން ނަމަވެސް އެވަގުތު އަލާމާތްތައް ހުރި މީހަކު ނެތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ،" ނަޒްލާ ވިދާޅުވި އެވެ.
އަލާމާތްތައް ހުރި މީހުން ނެތް ކަމަށް މައުލޫމާތު ދިނީ ކަނޑިންމަ ރިސޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިދާޅުވީ "މައުލޫމާތު ލިބުނީ" ކަމަށެވެ. ބެލެވޭ ގޮތުގައި އެގޮތަށް މައުލޫމާތު ދިނީ ރިސޯޓުންނެވެ.
ކަނޑިންމައިން އިހުމާލުވިކަމުގެ ހެކި އެބަހުރި: އާމިރު
ރިސޯޓު މުވައްޒަފުންގެ 80 ޕަސެންޓް ވެކްސިން ޖަހައިފި
ޓޫރިޒަމްދާއިރާގެ އިހުމާލު މަޖިލީހުން ބަަލަން ހުށަހަޅައިފި
ކަނޑިންމަގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ކޮވިޑަށް 59 މީހަކު ޕޮޒިޓިވްވެއްޖެ
ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ޕޮޒިޓިވް
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ރާއްޖެ އައި ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ