04 ނޮވެމްބަރ 2020
ބާސެލޯނާ (ނޮވެމްބަރު 4) - ބާސެލޯނާގެ އިންތިހާބުގައި އެ ކްލަބުގެ ރައީސްގެ މަގާމަށް ވާދަކުރަން މަސައްކަތްކުރަމުން އަންނަ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ އަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބާސެލޯނާ އަށް ގެންދަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާ (ނޮވެމްބަރު 4) - ބާސެލޯނާގެ އިންތިހާބުގައި އެ ކްލަބުގެ ރައީސްގެ މަގާމަށް ވާދަކުރަން މަސައްކަތްކުރަމުން އަންނަ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ އަށް އިންތިހާބު ކާމިޔާބުވެއްޖެނަމަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބާސެލޯނާ އަށް ގެންދަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބާސެލޯނާގެ ރައީސް ކަމަށް ވާދަކުރައްވަން ނަން ވެސް ހުށަހަޅުއްވާފައިވާ ޖޯޑީ ފާރޭ ވެސް ވަނީ ބާސެލޯނާގެ ކޯޗަކަށް ކްލޮޕް ގެންދަން އޭނާގެ އޭޖެންޓާ ވާހަކަ ދައްކައިފަ އެވެ. އެކަމަކު އެކަށީގެންވާ ކުރިއެރުމެއް އެ ވާހަކަތަކުން ނުލިބުނެވެ.
ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވި ލަޕޯޓާގެ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްރޭންކް ރައިޑާކާއި ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީ އެވެ. ޔޫތު ޓީމުގެ ކޯޗަކަށް ގާޑިއޯލާ ހުއްޓާ 2008 ވަނަ އަހަރު އޭނާ ސީނިއާ ޓީމަށް ގެނައީ ލަޕޯޓާ އެވެ. އެކަންވީ އެ ކްލަބް ކާމިޔާބީގެ މުޅިން އާ ހަރުފަތަކަށް އެރުމަށެވެ.
ލަޕޯޓާ އެންމެ ފުރަތަމަ ގެންނަން ބޭނުންވީ ގާޑިއޯލާ އެވެ. އެކަމަކު އަލުން ބާސެލޯނާއާ ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އަލުން އޭނާ ބާސެލޯނާގެ ބެންޗުން ނުފެންނާނެ ކަމަށް ގާޑިއޯލާ ތަކުރާރުކޮށް ބުނެފައިވާތީ ލަޕޯޓާ މިހާރު ވަނީ ވިސްނުން ބަދަލުކޮށްފަ އެވެ. ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަޕޯޓާ މިހާރު ބޭނުންވަނީ ކްލޮޕާ ބާސެލޯނާ ހަވާލުކުރާށެވެ.
ލަޕޯޓާގެ ނަޒަރުގައި ބާސެލޯނާގެ މިހާރުގެ ކޯޗު ރޮނާލްޑް ކޫމަން އަކީ ބާސެލޯނާގެ ސީނިއާ ޓީމާއި ލަ މާސިއާ އެކެޑަމީގެ ޕްރޮޖެކްޓް އެެއްކޮށް ލީޑްކުރެވޭނެ ކޯޗެއް ނޫނެވެ. އެކަމަކު ޑޯޓްމަންޑާއި ލިވަޕޫލްގައި ކްލޮޕް ކްލަބްގެ ޔޫތު ޓީމާއި ސީނިއާ ޓީމުގެ ރަނގަޅު ސިސްޓަމެއް ގާއިމްކޮށްފައިވާތީ ލަޕޯޓާ ބޮޑަށް ކްލޮޕް ގެންދަން ބޭނުންވަނީ އެވެ.
ކުރިން މައިންޒާއި ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ލިވަޕޫލާ އެކު ކޮންޓްރެކްޓްގައި ހުރީ 2024 އާ ހަމައަށެވެ. އެ އަށް ފަހު ފުޓްބޯޅަ އިން ބްރޭކެއް ނަގާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެނބުރި އަންނާނީ ފުޓްބޯޅައިގައި އޭނާ ޝައުގުވެރިވާ ޕްރޮޖެކްޓެއް ފެނިއްޖެނަމަ ކަމަށާއި އެ ފަދަ މަަސައްކަތެއް ނެތްނަމަ ކޯޗިން އިން ރިޓަޔާކުރުމުގެ ވިސްނުން ގެންގުޅޭ ކަަމަށް ވަނީ ބުނެފަ އެވެ. ފީފާގެ ބެސްޓް އެވޯޑްސްގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ކްލޮޕް ދެން ހަވާލުވާނީ ޖަރުމަނު ގައުމީ ޓީމާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަންނަ އަހަރު މާޗް މަހު ބާއްވަން ކުރިން ޝެޑިއުލްކޮށްފައިވާ ބާސެލޯނާ އިންތިހާބު މި އަހަރު ފަހުކޮޅުގައި ބާއްވަން އަންނަނީ މަސައްކަތްކުރަމުންނެވެ. އެއީ ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުރި ޖޯސެފް ބާޓޮމެއު އިސްތިއުފާ ދިނުމުންނެވެ.
އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާންކުރެއްވީ ޕެރޭ ރިއޭރާގެ އިތުރުން ވިކްޓަ ފޮންޓް، ޓޯނީ ފްރެއިޒާ، އަގަސްޓީ ބެނެޑީޓޯ، ޖޯޑީ ފާރޭ އަދި ލުއިސް ފެނާންޑޭޒް އެވެ. އިންތިހާބުގައި ވާދަކުރައްވާނެކަން ކުރިން މީޑިއާގައި ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް ޔޮއާން ލަޕޯޓާގެ އިތުރުން ޒަވީ ވިލަޔޮއާނާ އަދި އެމިލީ ރޫސާޑް އެވެ. ރިޕޯޓްތައް ބުނާގޮތުން ރަނގަޅު މެނިފެސްޓޯ އަކާ އެކީ ވަރަށް އަވަހަށް ލަޕޯޓާގެ ކެންޑިޑެސީ އިއުލާނުކުރާނެ އެވެ.
"ބާސާ ބަލިކުރަން ހުރިހާ ގޮތަކުން މަސައްކަތްކުރާނަން"
ބާސެލޯނާ ބަލިކުރެވުނަސް ހަމަބިމުގައި ތިބެންޖެހޭ: ކްލޮޕް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ލިވަޕޫލްގެ ރާޑަރަށް ފައިނޯޑްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ސަލާހްގެ އަނިޔާ ފަސޭހަވުމުން ކްލޮޕް ހިތްހަމަ ޖެހިފައި
"11 ކުޅުންތެރިން ތިބިއްޔާ ލިވަޕޫލް ދާނީ ކުރިއަށް"
ބާސާގެ ލިސްޓަށް ކްލޮޕާއި ޓުޗެލް އަދި ފްލިކް
ކްލޮޕްގެ ފެއާވެލް ފެށައިފި، ނޯރިޗް އަތުން ބޮޑު މޮޅެއް