Roadha Mihaaru
އަކުއާ ވިޓާ ރެޒިޑެންސްގައި އެންޓަޓެއިންމަންޓް ސެންޓަރެއް

އަކުއާ ވިޓާ ރެޒިޑެންސްގައި އެންޓަޓެއިންމަންޓް ސެންޓަރެއް

04 ނޮވެމްބަރ 2020

ގިނަ ހިދުމަތްތަކެއް ލިބޭ ޒަމާނީ ގެއެއްގައި ދިރިއުޅުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ގޭގެ އެތެރެއާ އެއްވަރަށް ބޭރު ވެސް ރީތިވާން ޖެހެ އެވެ. މި ހުރިހާ ކަމެއް ފުރިހަމަ އެޕާޓްމަންޓުތައް ބޭނުންވާ މީހުންނަށް ހުޅުމާލޭގައި އަޅަމުން އަންނަ 14 ބުރީގެ އަކުއާ ވިޓާ ރެޒިޑެންސް ކަމުދާނެ އެވެ. ޒަމާނާ އެއްގޮތަށް "ސްމާޓް ހޯމް" ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިމާރާތް ކުރާ މި ރެޒިޑެންސުގައި 98 ލަގްޒަރީ އެޕާޓްމަންޓް ހުންނާނެ އެވެ.

ގިނަ ހިދުމަތްތަކެއް ލިބޭ ޒަމާނީ ގެއެއްގައި ދިރިއުޅުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެކެވެ. ގޭގެ އެތެރެއާ އެއްވަރަށް ބޭރު ވެސް ރީތިވާން ޖެހެ އެވެ. މި ހުރިހާ ކަމެއް ފުރިހަމަ އެޕާޓްމަންޓުތައް ބޭނުންވާ މީހުންނަށް ހުޅުމާލޭގައި އަޅަމުން އަންނަ 14 ބުރީގެ އަކުއާ ވިޓާ ރެޒިޑެންސް ކަމުދާނެ އެވެ. ޒަމާނާ އެއްގޮތަށް "ސްމާޓް ހޯމް" ޓެކްނޮލޮޖީ ބޭނުން ކޮށްގެން އިމާރާތް ކުރާ މި ރެޒިޑެންސުގައި 98 ލަގްޒަރީ އެޕާޓްމަންޓް ހުންނާނެ އެވެ.

އަކުއާ ވިޓާ ރެޒިޑެންސް ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ރެޒިޑެންސްގެ އެތެރޭގައި ކުޅިވަރު ކުޅުމަށާއި މުނިފޫހިފިލުވުމަށް ހާއްސަ ސަރަހައްދެއް ވެސް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. މި ސަރަހައްދު ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފި އެވެ. މި މަސައްކަތް ވެސް ރެޒިޑެންސްގެ މަސައްކަތާ އެއްވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމުގެ ޔަގީން ކަން އަކުއާ ވިޓާއިން ދެ އެވެ. އެ ކުންފުނިން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ވެސް އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

މުނިފޫހިފިލުވުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދު އަކުއާ ވިޓާއިން ހަދަން ނިންމާފައިވަނީ "އެންޓަޓެއިންމަންޓް ސެންޓަރެއް"ގެ ގޮތުގަ އެވެ. އެގޮތުން، އެ ސެންޓަރުގެ ގްރައުންޑް ފްލޯގައި ފަހަރަކު އަށް އުޅަނދު ޕާކު ކުރެވޭގޮތަށް ޕާކިން ޒޯނެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު ގެއަށް ގޮސް ހިތްހަމަ ޖައްސާލުމުގެ ގޮތުން ފެތުމަށް ހާއްސަކޮށްގެން ޕޫލެއް ވެސް އޮންނާނެ އެވެ. ޕޫލަށް އެރެން އަންނަ މީހުންނަށް ދެ ޖިންސް ވަކިން ޗޭންޖިން އޭރިއާތައް ވެސް ހުންނާނެ އެވެ.

އަކުއާ ވިޓާގެ ޖިމުގެ 3ޑީ ކުރެހުމެއް-

އަކުއާ ވިޓާގެ ޖިމުގެ 3ޑީ ކުރެހުމެއް-

މި ސެންޓަރުގެ ޓެރަސް ވެސް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އަކުއަވިޓާ ރެޒިޑެންސްގައި ދިރިއުޅޭ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލެވޭ ގޮތަށެވެ. އެގޮތުން، ބާބަކިއު ހެދުމަށް ޓެރަހުގެ ސަރަހައްްދެއް ހާއްސަ ކޮށްފައިވާއިރު ޓެރަހުން ފެންނާނެ މަންޒަރުތަކަކީ ވެސް ހިތްފަސޭހަ މަންޒަރުތަކެކެވެ. އެގޮތުން، ޓެރަހުގެ އެއް ފަރާތުން މޫދު ފެންނަން އޮންނައިރު އަނެއް ފަރާތުން ފެންނާނީ ތަރައްގީ ވަމުން އަންނަ ހުޅުމާލޭގެ ބިޔަ ބިލްޑިންތަކެވެ.

އަކުއަވިޓާ ރެޒިޑެންސްގައި ދިރިއުޅޭ މީހުން އާއިލީ އެއްވުންތައް ބާއްވަން ބޭނުންވާނަމަ އެ އެއްވުންތައް ވެސް މި ސެންޓަރުގައި ބޭއްވޭނެ އެވެ. އެގޮތުން މި ސެންޓަރުގައި ހަދާ ކްލަބް ހައުސްއަކީ މިފަދަ ކުދި އެއްވުންތަކަށް ހާއްސަކޮށްގެން ހަދާ ތަނެކެވެ. ކުދި އެއްވުމުގެ އިތުރުން ޕާޓީ ފަދަ ބޮޑެތި އެއްވުންތައް ބާއްވަން 100 މީހުންގެ ޖާގައިގެ ބެންކުއެޓް ހޯލެއް ވެސް މި ސެންޓަރުގައި ހެދުމަށް ވަނީ ނިންމާފަ އެވެ.

ބޮޑެތި އެއްވުންތައް ބާއްވަން ހަދާ ބެންކުއެޓް ހޯލުގެ ކުރެހުމެއް--

ބޮޑެތި އެއްވުންތައް ބާއްވަން ހަދާ ބެންކުއެޓް ހޯލުގެ ކުރެހުމެއް--

ޒަމާނީ ގެއަކަށް ގެ ވަނީ އެ ތަނަކުން ޖިމުގެ ހިދުމަތް ވެސް ލިބިގެންނެވެ. އެހެންކަމުން އަކުއާ ވިޓާއިން ހަދަމުން އަންނަ ސެންޓަރުގައި ރެޒިޑެންސްގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޖިމެއް ވެސް ހުޅުވާނެ އެވެ. އަދި އަރާމު ކޮށްލަން ބޭނުންވާނަމަ އަރާމު ކުރުމަށް ހާއްސަ ސަރަހައްދެއް ވެސް ސެންޓަރުގެ ޓެރަހުގައި ވަނީ ކަނޑައަޅައިފަ އެވެ. "ރެސްޓްރޫމް" ހުންނާނީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ.

މި އެންޓަޓެއިންމަންޓް ސެންޓަރު، ޒަމާނީ ގެދޮރުވެރިކަން މުޅިން ބަދަލުކޮށްލަދޭނެ ފަދަ ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އަކުއަވިޓާއިން ދެ އެވެ.

ރެޒިޑެންސްގައި ދިރިއުޅޭ މީހުން ކުދި އެއްވުންތައް ބާައްވަން ހަދާ ކްލަބް ހައުސްގެ 3ޑީ ކުރެހުމެއް--

ރެޒިޑެންސްގައި ދިރިއުޅޭ މީހުން ކުދި އެއްވުންތައް ބާައްވަން ހަދާ ކްލަބް ހައުސްގެ 3ޑީ ކުރެހުމެއް--

އަކުއާ ވީޓާއިން ވަނީ އެޕާޓްމަންޓުގެ 3ޑީ މޮޑެލް ބަލަން ބޭނުންވާ މީހުންނަށް https://players.cupix.com/p/pki6sYi0 މެދުވެރިކޮށް ވާޗުއަލްކޮށް ބަލާލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެޕާޓްމަންޓުތަކާ ގުޅޭ އިތުރު މައުލޫމާތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އާ ދެމެދު 7708866، 7388866 ނުވަތަ 3338866 އަށް ގުޅައިގެން ނުވަތަ www.aquavita.mv އަށް ޒިޔާރަތް ކުރުމުން ލިބެން ހުންނާނެ އެވެ.

އެޕާޓުމަންޓުތަކުގެ ފެށޭ އަގުތައް:

• 1+3 ރޫމުގެ އެޕާޓްމަންޓު: 4.7 މިލިއަން ރުފިޔާއިން ފެށިގެން.

• 1+2 ރޫމުގެ އެޕާޓްމަންޓު: 3.6 މިލިއަން ރުފިޔާއިން ފެށިގެން.