Roadha Mihaaru
ސޮނެވާ ޖާނީން 85 ވަޒީފާ، އިސްކަންދޭނީ ދިވެހިންނަށް

ސޮނެވާ ޖާނީން 85 ވަޒީފާ، އިސްކަން ދޭނީ ދިވެހިންނަށް

04 ނޮވެމްބަރ 2020

ނ. އަތޮޅުުގައި ތަރައްގީ ކޮށްފައިވާ ސޮނެވާ ޖާނީގެ ވަޒީފާ އަށް 85 މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ނ. އަތޮޅުުގައި ތަރައްގީ ކޮށްފައިވާ ސޮނެވާ ޖާނީގެ ވަޒީފާ އަށް 85 މުވައްޒަފުން ހޯދަން އިއުލާން ކޮށްފި އެވެ.

އެ މަގާމުތަކަށް ކޮންމެ ގައުމެއްގެ މީހަކަށް ވެސް ކުރިމަތިލެވޭނެ އެވެ. ނަމަވެސް ދިވެހިންނަށް އިސްކަން ދޭނެ ކަމަށް ސޮނެވާ ޖާނީން ބުނެ އެވެ.

ސޮނެވާ ޖާނީން އިއުލާން ކުރި ވަޒީފާތައް

- ހައުސްކީޕިން: 18

- ބަޓްލާ: 16

- ވޯޓާ ސްޕޯޓްސް ޑިޕާޓްމަންޓް: 2

- ބޯޓް ކްރޫ: 2

- "ލައިފް" ޓީމް: 6

- ރިޒަވޭޝަން އެޖެންޓް: 1

- ގިފްޓް ޝޮޕް އެސިޓެންޓް: 2

- އެއާޕޯޓް ހޯސްޓް: 2

- އެސިސްޓެންޓް އެފް އެންޑް ބީ މެނޭޖަރު: 1

- ޑެސްޓިނޭޝަން މެނޭޖަރު: 3

- އެފް އެންޑް ބީ ޓީމް: 8

- އިންޖިނިއަރިން ޓީމް: 10

- ކިޗަން ޓީމް: 14

ސޮނެވާ ގްރޫޕުގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް 100 އެއްހާ ވަޒީފާ އަށް މީހުން ހޯދަން ފުރުސަތު ހުޅުވާލުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ސޮނެވާގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެކި ފުރުސަަތު ހޯދައިދީ، ބާރުވެރިކުރުވުމަށް ތަފާތު މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީން ކަން އެ ކުންފުނިން ދެ އެވެ. އަންހެން ގިނަ މުވައްޒަފުން ދާއިރާއަށް ނެރުމަކީ ވެސް އެ ކުންފުނީގެ އުއްމީދެކެވެ.

ސޮނެވާ ޖާނީގެ މުވައްޒަފެއް: އެ ރިސޯޓުގެ މުވައްޒަފުންގެ 30 ޕަސެންޓް އަންހެނުންނަށް ހެދުމަށް ސޮނެވާއިން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ސޮނެވާ

ސޮނެވާ ޖާނީގެ މުވައްޒަފެއް: އެ ރިސޯޓުގެ މުވައްޒަފުންގެ 30 ޕަސެންޓް އަންހެނުންނަށް ހެދުމަށް ސޮނެވާއިން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ސޮނެވާ

އަންނަ އަހަރު ނިމޭއިރު ސޮނެވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު 30 ޕަސެންޓަށް އެރުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސޮނެވާ ޖާނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 20 ޕަސެންޓަކީ އަންހެނުންނެވެ. ސޮނެވާފުށީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 16 ޕަސެންޓަކީ އަންހެނުންނެވެ.

ސޮނެވާ އިން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ހާއްސަ އެކޮމޮޑޭޝަން ކުއާޓާއެއް ވެސް ހަދައިފަ އެވެ. ކޮންމެ މަހަކު އެއްފަހަރު އަންހެނުންނަށް ހާއްސަ އެކްޓިވިޓީތައް ހިނގްާއިރު މަތީ މަގާމުތަކުގައި ތިބޭ އަންހެނުންނަށް އާއިލާއާއެކު ރިސޯޓުގައި ދިރިއުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެ ކުންފުނީގެ އަންހެން މުވައްޒަފުންގެ ތެރެއިން ސޮނެވާފުށީގެ 25 ޕަސެންޓް އަދި ސޮނެވާ ޖާނީގެ 28 ޕަސެންޓް އަންހެނުން މަސައްކަތް ކުރަނީ ސީނިއާ މަގާމުތަކުގަ އެވެ.