ދުނިޔޭގެ ބޮޑު އިންވެސްޓްމަންޓު ކުންފުންޏެއް ކަމަށްވާ، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސްއިން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސޮނެވާ ގުރޫޕުގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ.
ދުނިޔޭގެ ބޮޑު އިންވެސްޓްމަންޓު ކުންފުންޏެއް ކަމަށްވާ، ކޭއެސްއެލް ކެޕިޓަލް ޕާޓްނާސްއިން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ސޮނެވާ ގުރޫޕުގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ.
އެކި ގައުމުތަކުގައި ލަގްޒަރީ ޓޫރިޒަމްގައި އިންވެސްޓު ކޮށްފައިވާ ކޭއެސްއެލްއިން ސޮނެވާގެ ހިއްސާ އެންމެ ފުރަތަމަ ގަނެފައިވަނީ 2019 ވަނަ އަހަރު އެވެ.
ކޭއެސްއެލް އަކީ ޓޫރިޒަމްގެ އިތުރުން ޓްރެވަލް އާއި ރިއަލް އެސްޓޭޓްގައި ވެސް އިންވެސްޓުމަންޓުތައް ކޮށްފައިވާ ކުންފުންޏެކެވެ.
މައިގަނޑު ގޮތެއްގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ކޭއެސްއެލްގެ އޮފީސްތައް ގާއިމުކޮށް، މިދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓޫރިޒަމް ދާއިރާގައި ގިނަ އިންވެސްޓުމަންޓުތަކެއް ކޮށްފަ އެވެ.
އެ ކުންފުނިން މިހާރު ވަނީ، ސޮނެވާ ގުރޫޕުގެ މެޖޯރިޓީ ހިއްސާ ގަނެ، އެ ގުރޫޕަށް އާ ސީއީއޯއެއް ވެސް އައްޔަނުކޮށްފަ އެވެ.
ސީއީއޯއަކަށް އައްޔަނުކުރި ނީލް ގެލެގާ އަކީ، 20 އަހަރަށް ވުރެ ގިނަ ދުވަހު، ހޮސްޕިޓާލިޓީ ދާއިރާގައި ޔޫރަޕު، މެދުއިރުމަތި، އެމެރިކާ އަދި ކެރީބިއަންގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.
ބ. އަތޮޅު ކުންފުނަދޫގައި ރިސޯޓެއް ހިންގައި، އެ ރިސޯޓް ހުއްޓިފައި އެތައް އަހަރެއް ވީ ފަހުން، އެ ރަށުގައި އާ ރިސޯޓެއް އެޅުމުގެ ހިޔާލު ގެންނަވައި، އިނގިރޭސިވިލާތުގެ ވިޔަފާރިވެރިޔާ ސޯނޫ ޝިވްދަސާނީ އާއި އޭނާގެ އަނބިކަނބަލުން އީވާ 1995 ވަނަ އަހަރު ހުޅުވި ސޮނެވާ ފުށި ރިސޯޓަކީ، މިހާރު ރާއްޖެ މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ މަތީ ފަންތީގެ ޓޫރިޒަމް މަންޒިލްގެ ފެށުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓާ ރަށްޓެހި ގޮތްތަކަށް ރިސޯޓުތައް ޑިޒައިންކޮށް ހިންގުމުގައި އިންގިލާބީ ބަދަލުތަކެއް ސޮނެވާ ފުށިން ގެނައުމަށްފަހު، ސޮނެވާ ގުރޫޕުން ވަނީ ސޮނެވާ ޖާނީ އާއި ސޮނެވާ ސީކްރެޓްގެ ނަމުގައި އެންމެ މަތީ ފަންތީގެ އިތުރު ދެ ރިސޯޓު ރާއްޖޭގައި ހުޅުވައިފަ އެވެ.
މި ތިން ރިސޯޓުގެ އިތުރުން، އެ ކުންފުނިން ސޮނެވާ އިން އަކުއާގެ ނަމުގައި މަތީފަންތީގެ ޔޮޓެއް ވެސް ރާއްޖޭގައި އޮޕަރޭޓުކުރެ އެވެ.
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޯނޫ: ރީތި ރާއްޖެ ޕްލާސްޓިކުން ތަޣައްޔަރުވިޔަ ނުދީ!
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނުޅޭ
ވެލީގެ ބަދަލުގައި ސޮނެވާގައި ބޭނުންކުރަނީ ބިއްލޫރި!
ސޯނޫގެ އިންޒާރު: ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ
އީވާގެ އަލްބަމުން އަގުބޮޑު ސޮނެވާފުށި
ދަނޑުވެރިކަމަށް ސޮނޭވާ އިން އޮންލައިން ކޯހެއް
ސޯނޫ: މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ބޭނުން
ސޮނޭވާފުށީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ބޮޑުވަނީ