Roadha Mihaaru
ސިޔާމްވޯލްޑްގައި މުވައްޒަފުން ޓެސްޓް ނުކުރާކަމުގެ ޝަކުވާ

ސިޔާމް ވޯލްޑްގައި މުވައްޒަފުން ކޮވިޑަށް ޓެސްޓް ނުކުރާ ޝަކުވާ، އެކަމަކު ރިސޯޓުން އެކަން ދޮގުކުރޭ

30 ޖެނުއަރީ 2022

މިދިޔަ އަހަރު ހުޅުވި "ސިޔާމް ވޯލްޑް" ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވާ ޓޫރިސްޓުންނާ ކޮންޓެކްޓްވާ އަދި އަލާމާތްތައް ހުންނަ މުވައްޒަފުން އެ ބައްޔަށް ޓެސްޓް ނުކުރާ ކަމަށް ބުނެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ އަހަރު ހުޅުވި "ސިޔާމް ވޯލްޑް" ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވާ ޓޫރިސްޓުންނާ ކޮންޓެކްޓްވާ އަދި އަލާމާތްތައް ހުންނަ މުވައްޒަފުން އެ ބައްޔަށް ޓެސްޓް ނުކުރާ ކަމަށް ބުނެ ބައެއް މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "މިހާރު" އަށް ބުނީ ގިނަ އަދަދެއްގެ މުވައްޒަފުން ހުން އައިސް ރޯގާ ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައުސް ކީޕިން އިން ފެށިގެން މެނޭޖްމަންޓް ލެވެލްގެ މުވައްޒަފުން ވެސް ހިމެނޭއިރު، ބަލިވާ މީހުން ޓެސްޓް ހަދަން އެދުމުން އެކަމަށް އިންކާރު ކުރާ ކަމަށް އޭނާ ބުނެ އެވެ.

އެ މުވައްޒަފު ބުނިގޮތުގައި، އެ ރިސޯޓްގައި ޓޫރިސްޓުން ވެސް ކޮވިޑަށް ޕޮޒިޓިވްވާއިރު، އެ ޓޫރިސްޓުންނާ ކޮންޓެކްޓްވާ މުވައްޒަފުން އައިސޮލޭޓެއް ނުކުރެ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުނަސް ވަޒީފާ އަށް ނުކުތުމަށް އަންގާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

"ޑިސެމްބަރުގައި ނޭޕާލުގެ މުވައްޒަފުންތަކެއް ފުރަތަމަ [ކޮވިޑަށް] ޕޮޒިޓިވްވީ. ޕޮޒިޓިވް ވީމާ ވެސް ކަރަންޓީން ނުކޮށް، ޑިއުޓީއަށް ނެރުނީ. ފަހުން އައިސޮލޭޓް ކުރީ. އޭރު ބައިވަރު މީހުންނާ އެ މީހުން ދިމާވެ ތިބީ،" ނަން ހާމަކުރަން ބޭނުން ނުވާ މުވައްޒަފަކު ބުންޏެވެ.

"މި ތަނަށް އަލަށް އައި ސަޕްލައި ބޯޓުގަ ތިބި މީހުން ވެސް [ކޮވިޑަށް] ޕޮޒިޓިވްވި. އެކަން ވެސް ރަނގަޅަކަށް ނޫން ހޭންޑަލް ކުރީ. ބޯޓު ކަރަންޓީން ނުކޮށް މާލެ ފޮނުވައިލީ."

ސިޔާމް ވޯލްޑްގެ ބައެއް މުވައްޒަފުން ބުނާގޮތުގައި، ކޮވިޑް ކަމަށް ޝައްކު ވެެގެން ޓެސްޓް ހަދަން އެދުނަސް ރިސޯޓުގެ މެނޭޖުމަންޓުން އަޅައެއް ނުލަ އެވެ.

"ބައެއް ކުދިން ޑިއުޓީގައި ތިބޭއިރު ވެއްޓެން ވެސް ވެއްޓޭ،" އޭނާ ކިޔައިދިނެވެ.

އަޅުގަނޑުމެން ޖެހޭ ޓޫރިޒަމް މިނިސްޓްރީ އަށް ޑޮކިއުމަންޓްތައް ހުށަހަޅަން ވެސް. އަށްސަތޭކަ ފަންސާހަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ބައެއް މުވައްޒަފުން އައިސޮލޭޓް ކޮށްގެން ވެސް އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ. ބަލިކޮށް އުޅޭ ނަމަ އެ މުވައްޒަފަކު ޑިއުޓީ އަށް ނުނެރެން ވެސް އޮންނާނީ އަންގާފައި،" ---އައުސަމް

އެ މުވައްޒަފު ބުނީ، މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތާ ހެދި ހިތްހަމަނުޖެހި، ގިނަ ބަޔަކު ދަނީ ވަޒީފާއިން ވަކިވަމުންނެވެ.

މިކަމާ ގުޅޭ ގޮތުން އެ ރިސޯޓުގެ މެނޭޖަރު އައުސަމް ވަސީމް ވިދާޅުވީ، އެއްވެސް މުވައްޒަފަކާ މެދު ތަފާތުކޮށް އަމަލު ނުކުރާނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ މުވައްޒަފުން ވެސް ކޮވިޑަށް ޓެސްޓް ކުރާ ކަމަށާއި އެ ބައްޔަށް ޕޮޒިޓިވް ވާ އަދި ކޮންޓެކްޓްވާ މުވައްޒަފުން ވެސް އައިސޮލޭޓް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖެހޭ ޓޫރިޒަމް މިނިސްޓްރީ އަށް ޑޮކިއުމަންޓްތައް ހުށަހަޅަން ވެސް. އަށްސަތޭކަ ފަންސާހަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު ބައެއް މުވައްޒަފުން އައިސޮލޭޓް ކޮށްގެން ވެސް އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ. ބަލިކޮށް އުޅޭ ނަމަ އެ މުވައްޒަފަކު ޑިއުޓީ އަށް ނުނެރެން ވެސް އޮންނާނީ އަންގާފައި،" އައުސަމް ވިދާޅުވި އެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިހާތަނަށް 133،288 އަށް މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ އެކަނިވެސް 2،689 މީހަކު ޕޮޒިޓިވްވި އެވެ.