01 ނޮވެމްބަރ 2016
ޝައިހް އިލްޔާސް ހުސައިން ގަވާއިދަށް ޚިލާފަށް ހުކުރު ޚުތުބާ ދެއްވި ކަމަށް ބުނާ މައްސަލާގައި، އިލްޔާސްގެ ހުއްދަ ބާތިލްކޮށްފައި ވަނިކޮށް އެދުވަހު އޭނާއާ ހުކުރު ކުރުން ހަވާލުކުރި އިމާމު މީހާ ވަޒީފާއިން ވަކިކުރަން ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ޝައިހް އިލްޔާސް ހުސައިން ގަވާއިދަށް ޚިލާފަށް ހުކުރު ޚުތުބާ ދެއްވި ކަމަށް ބުނާ މައްސަލާގައި، އިލްޔާސްގެ ހުއްދަ ބާތިލްކޮށްފައި ވަނިކޮށް އެދުވަހު އޭނާއާ ހުކުރު ކުރުން ހަވާލުކުރި އިމާމު މީހާ ވަޒީފާއިން ވަކިކުރަން ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ސ. ފޭދޫގެ މިސްކިތެއްގައި ހުކުރު ކުރުން އިލްޔާސާ ހަވާލުކުރުމުން އެ ހުކުރު ޚުތުބާގައި ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކެވި ކަމަށް ބުނެ، ސަރުކާރުން ވަނީ އިލްޔާސްގެ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށްފަ އެވެ.
އެދުވަހު ހުކުރު ކުރުން އިލްޔާސާ ހަވާލުކުރި، އައްޑޫ މިސްކިތްތަކުގައި ހުކުރުކުރާ މީހުން ކަނޑައެޅުމުގެ ބާރު އޮންނަ އިމާމެއް ކަމަށްވާ މުހައްމަދު މުއާޒު ރަޝީދަށް އިސްލާމިކް މިނިސްޓްރީން ވަނީ އިންޒާރު ދިނުމަށް ފަހު، އޭނާ ވަކިކުރަން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާނެ ކަން އަންގައިފަ އެވެ. މުއާޒުގެ ފަރާތުން މިއަދު ވަނީ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މުއާޒަށް އެންގި އެންގުމުގައި ވަނީ އެ މިސްކިތުގައި ހުކުރު ކުރުން މުއާޒާ ހަވާލުކޮށްފައި ވަނިކޮށް އެދުވަހު ހުކުރުކުރުން އޭނާ އަމިއްލައަށް އިލްޔާސާ ހަވާލުކުރުމަކީ ގަވާއިދާ ޚިލާފް ކަމެއް ކަމަށެވެ. އެގޮތަށް އަމަލު ކުރުމުން ޚުތުބާގައި ސަރުކާރާ މެދު ނަފްރަތު އުފެދޭ ގޮތަށް އިލްޔާސް ވާހަކަ ދައްކާފައިވާ ކަމަށާއި އެހެންވެ މުއާޒްގެ އެ އަމަލު ސިވިލް ސާވިސްގެ އުސޫލުތަކާ ޚިލާފް ވާތީ ކަމަށް ބުނެ އޭނާއަށް އިންޒާރު ދީފައިވެ އެވެ.
މީގެ އިތުރުން މުއާޒް ވަޒީފާގައި ބަހައްޓައިފި ނަމަ މުޖްތަމައުގައި ހަމަނުޖެހުން ހިނގާ މަސްލަހަތު ގެއްލޭނެތީ އޭނާ ވަކިކުރަން ހުށަހަޅާނެ ކަމަށް މިދިޔަ މަހު 18 ގައި މުއާޒަށް އެންގި އެންގުމުގައިވެ އެވެ.
ހުކުރު ޚުތުބާގައި އިލްޔާސް ވިދާޅުވެފައިވަނީ ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށެވެ.
މާދާމާގެ ޚުތުބާ އޮތީ ދޮގު ޚަބަރު ފެތުރުމާ ގުޅޭގޮތުން
އިސްލާމީ މަރުކަޒުގައި ހުތުބާ ދޭން މެންކަށް ހުއްދަ ދީފި
ހުއްދަ ބާތިލްކުރާ ވަރުގެ ކަމެއް ނުކުރަން: އިލްޔާސް
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އޮސްޓްރޭލިއާ ނޭވީގެ އިމާމް ރާއްޖޭގައި ހުތުބާ ދެއްވަނީ
ތާރީހީ ދުވަހެއް، އަންހެންބޭފުޅެއްގެ ފުރަތަމަ ހުތުބާ!
ހުތުބާ ތަރުޖަމާކޮށް ސަބްޓައިޓަލް އަރުވަން ފަށައިފި
އިމާމުވެ ނަމާދުކުރަން 12އަހަރުގެ ކުދިންނަށް ހުއްދައެއް
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދަރިވަރުންނަށް ދެނީ
މިސްކިތެއްގައި އިނގިރޭސިން ހުތުބާ ކިޔަން ހިޔާލު ހޯދަނީ