މިލާން (ނޮވެމްބަަރު 7) - އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
މިލާން (ނޮވެމްބަަރު 7) - އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ އަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން (އެފްއައިޖީސީ) އިން ބުނީ މަންޗިނީގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް މި ވަގުތު ހުރީ ރޯމްގައި ހުރި އޭނާގެ ގޭގައި އައިސޮލޭޓްވެގެން ކަމަށެވެ.
މަންޗިނީ ޕޮޒިޓިވްވިއިރު އިޓަލީން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ތިން މެޗެއް ކުޅޭނެ އެވެ. އެއީ އަންނަ ބުދަ ދުވަހު އެސްޓޯނިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި އޭގެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ބޮސްނިއާއާ ބައްދަލުކުރާ މެޗެވެ. މިހާރު އޮތްގޮތުން މަންޗިނީ އަށް އެ މެޗުތަކަށް ޓީމުގެ ބެންޗަށް ދެވޭނީ ޔުއެފާގެ ސިއްހީ ޕްރޮޓޮކޯލްގައި ބުނާގޮތުން ކޮވިޑްގެ ދެ ނެގެޓިވް ޓެސްޓް ހުށަހެޅުމުންނެވެ.
އިންޓަ މިލާނަށް ޖެހިޖެހިގެން ތިން އިޓާލިއަން ލީގު ކާމިޔާބުކޮށްދިން މަންޗިނީ ވަނީ ފަހުން މެންޗެސްޓާ ސިޓީއާ ގުޅި އެ ޓީމަށް 44 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ތަށި ހޯދައިދީފަ އެވެ. އަދި އެ ޓީމަށް އެފްއޭ ކަޕްގެ ތަށި ވެސް ހޯދައިދިނެވެ.
އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ މަންޗީނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަަޕަށް އިޓަލީ ކޮލިފައިނުވުމުން އޭރު އެ ޓީމަށް ގެނައި ބަދަލުތަކުގެ ތެރެއިންނެވެ. މަންޗިނާގެ ކޯޗުކަމުގައި އިޓަލީން ބޮޑު ކުރިއެރުންތަކެއް ހޯދި އެވެ. އެ ގޮތުން މި އަހަރު ބާއްވަން ތާވަލުކުރި (މިހާރު އަންނަ އަހަރަށް ފަސްކޮށްފައިވާ) ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިޓަލީ ކޮލިފައިވީ ކޮލިފައިން ބުރުގައި ކުޅުނު 10 މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ.
މަންޗިނީ ސައުދީ ޓީމަށް، މުސާރަ އަހަރަކު 27 މިލިއަން
ދުރުގައި ތިބި ސަޕޯޓަރުން ގެެނެސް ކައްކުވާލީ މަންޗިނީ
ޓީމު ޕްރޮފައިލް: އިޓަލީ
ކެރިއަރު އޮޔާނުދަނީސް ބަލޮޓެލީ ހޭލަން ޖެހޭ: މަންޗިނީ
އިޓަލީން އާރްމީނިއާ ކޮޅަށް ނުވަ ގޯލު ޖަހައިފި
މަންޗިނީ އަށް ބޮނޫޗީގެ ތައުރީފު
ފްރާންސްގެ ފޯވާޑުންނަށް މަންޗިނީ ތައުރީފްކޮށްފި
އިޓަލީގެ ގައުމީ ކޯޗަކަށް މަންޗިނީ ހަމަޖައްސައިފި
އިޓަލީގެ ކޯޗުކަން މަންޗިނީ އަށް؟
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް