Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހަމަލާދޭން އުޅުނީ ކުޑަކުދިންގެ ހަވީރަކަށް ނޫން: ޕޮލިސް

ހުއްޓުވީ ކުޑަކުދިންގެ ހަވީރަކަށް ދޭން އުޅުނު ހަމަލާއެއް ނޫން: ޕޮލިސް

12 ނޮވެމްބަރ 2020

ފުލުހުން އިއްޔެ ހުއްޓުވާފައިވަނީ ކުޑަކުދިންނަށް ހަވީރަކަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުލުހުން އިއްޔެ ހުއްޓުވާފައިވަނީ ކުޑަކުދިންނަށް ހަވީރަކަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރޭވި ޓެރަރިޒަމްގެ އަމަލުތަކެއް ހުއްޓުވައި، ހިންގި އޮޕަރޭޝަނުގައި އިއްޔެ ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެއީ މާލެ އާއި ތ. ތިމަރަފުއްޓާއި ކަނޑުމަތީގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގަ އެވެ.

ފުލުހުން ބުނީ އިއްޔެ ހުއްޓުވީ ތިމަރަފުށީގައި ބާއްވާ ކުޑަކުދިންގެ ހަވީރަކަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ފުލުހުން ބުނީ މިހާރު ވެސް އަންނަނީ ތިން ސަރަހައްދަކުން މީހުން ހައްޔަރުކޮށް ތަންތަން ބަލައި ފާސް ކުރަމުން ކަމަށެވެ.

އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް ކަމަށާއި އޮޕަރޭޝަން ކުރިއަށް ދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރައްޔިތުން ސަލާމަތާ ގުޅޭ މިފަދަ ހައްސާސް ކަންކަމުގައި ސައްހަ މައުލޫމާތު ނޫނީ ނުފަތުރަން އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކުރީ ހަ މީހުންނަކީ ވެސް ދިވެހިންނެވެ.