Roadha Mihaaru
އެއިޑްސްއާ ދެކޮޅަށް ފަންޑު ހޯދަން ބޫޓެއް

އެއިޑްސްއާ ދެކޮޅަށް ފަންޑު ހޯދަން އެއިޑްސް ދުވަހު ބޫޓެއް ނެރެނީ

27 ނޮވެމްބަރ 2020

ފަރުވާއެއް ނެތް އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ހޯދުމުގެ ގޮތުން މި އަހަރުގެ އެއިޑްސް ދުވަހާ ދިމާކޮށް ބޫޓެއް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފަރުވާއެއް ނެތް އެއިޑްސްއާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ހޯދުމުގެ ގޮތުން މި އަހަރުގެ އެއިޑްސް ދުވަހާ ދިމާކޮށް ބޫޓެއް ނެރެން ނިންމައިފި އެވެ.

ޑިސެމްބަރު 1 ވޯލްޑް އެއިޑްސް ޑޭގެ ގޮތުގައި ފާހަގަކުރާ އިރު، މި ދުވަހާ ދިމާކޮށް މި އަހަރު ނެރޭ ބޫޓަކީ ފްރާންސްގެ މަޝްހޫރު ފެޝަން ކުންފުނި ލުއީ ވިޓޯން އާއި އެއިޑްސްއާ ދެކޮޅަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޗެރިޓީ ރެޑް ގުޅިގެން ނެރޭ ބޫޓެކެވެ. ލެދަރުން ތައްޔާރުކޮށްފައިވާ ރަތާއި ހުދު ކުލަ ހިމެނޭ ބޫޓުގެ އަގަކީ 200 ޑޮލަރު (3,082ރ.) އެވެ.

މި ބޫޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ދާނީ އެއިޑްސް އަށް ހާއްސަ ގްލޯބަލް ފަންޑަށެވެ. އަންނަ މަހުގެ 1 އިން ފެށިގެން "ރެޑް" ލުއީ ވިޓޯންގެ ވެބްސައިޓުން ގަންނަން ލިބޭނެ އެވެ.

މިއީ ރެޑާއި ލުއީ ވިޓޯން ގުޅިގެން ފަންޑް ހޯދަން މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ރެޑަކީ 2006 ގައި އުފެދުނު ޖަމާއަތެކެވެ. އޭގެ ބާނީންނަކީ ބޯނޯ އާއި ބޮބީ ޝްރިވާ އެވެ.