ރަބަރު ބޫޓްފައިވާނެއްގެ ގޮތުގައި މަޝްހޫރު ކްރޮކްސް އެހެން ކުންފުނިންތަކުން ކޮފީކުރާތީ އެކަމުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި އޮޅުންއަރައި ވިޔަފާރީގައި ގެއްލުންވާތީ 20 ކުންފުންޏަކަށް ކްރޮކްސް އިން ދައުވާކޮށްފި އެވެ.
25 ޖުލައި 2021
ރަބަރު ބޫޓްފައިވާނެއްގެ ގޮތުގައި މަޝްހޫރު ކްރޮކްސް އެހެން ކުންފުނިންތަކުން ކޮފީކުރާތީ އެކަމުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި އޮޅުންއަރައި ވިޔަފާރީގައި ގެއްލުންވާތީ 20 ކުންފުންޏަކަށް ކްރޮކްސް އިން ދައުވާކޮށްފި އެވެ.
ކްރޮކްސްގެ ޑިޒައިނާއި އޭގައި ހުންނަ ފީޗާތައް ކޮޕީކުރާ މައްސަލާގައި ދައުވާކުރަން ހުށަހެޅި ކުންފުނިތަކުގެ ތެރޭގައި ވޮލްމާޓާއި ހޮބީ ލޮބީގެ އިތުރުން ބޫޓާއި އަތްދަބަސް އުފައްދާ ކުންފުނި ލޮއެފްލާ ރެންޑާލް ހިމެނެ އެވެ.
އެމެރިކާގެ އެކި ޑިސްޓްރިޓްތަކުގެ ކޯޓްތަކަށް މި މައްސަލާގައި ދައުވާކުރަން ހުށަހެޅި އިރު އޭގައު ބުނެފައި ވަނީ ޓްރޭޑްމާކް އުސޫލުތަކާއި ފިކުރީ މުދާ ހިމާޔަތްކުރުމުގެ ގާނޫނުތަކާ ކުންފުނިތަކުން ހިލާފުވެ، ކްރޮކްސް އަށް މާލީ ގޮތުން ގެއްލުންތަކެއް ދެމުންދާ ކަމަށެވެ.
އެގޮތުން ކޮލޮރާޑޯ ޑިސްޓްރިކްޓް ކޯޓަށް ވޮލްމާޓާއި ހޮބީ ލޮބީ އަދި ލޮއެފްލާ ރެންޑާލްއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ 50 ޑޮލަރަށް ވިއްކާ ކްރޮކްސްގެ ކްލޮގް އެއަށް ވުރެ ކުޑަ އަގުތަކެއްގައި "ޓައިމް އެންޑް ޓްރޫ" އަދި "ޖޯޖް" ގެ ނަމުގައި ވޮލްމާޓުން ވިއްކަމުންދާ ކަމަށެވެ. އަދި 12 ޑޮލަރަށް ހޮބީ ލޮބީން ވިއްކާ "ވައިޓް ފޯމް ކްލޮގްސް ލެޑީޒް ޝޫޒް" އަކީ ކްރޮކްސްގެ އޮރިޖިނަލް ފައިވާން ކޮޕީކޮށްގެން ވިއްކާ އެއްޗެއް ކަމަށް ވެސް ބުންޏެެވެ.
މީގެ އިތުރުން ލޮއެފްލާ ރެންޑާލް އިން ވިއްކާ "އެޒްރާ ބްލެކް ރަބާ ކްލޮގް" އަކީ ވެސް ސީދާ ކްރޮކްސް ކޮފީކޮށްގެން ހަދާގައިވާ އެއްޗެއް ކަމަށް ކްރޮކްސް އިން ބުންޏެވެ.
ކްރޮކްސް ފައިވާނަކީ އަކީ ވަރަށް އާދައިގެ އުފެއްދުމެއްގެ ގޮތުގައި ސިފަވިޔަސް އެއީ މަޝްހޫރު ސެލެބްރިޓީންގެ މެދުގައި ވެސް ވަރަށް މަޝްހޫރު އުފެއްދުމެކެވެ. އެގޮތުން ޖަސްޓިން ބީބާ އާއި ޕޯސްޓް މެލޯން އާއި ކޭއެފްސީން ވެސް ކްރޮކްސްއާ ގުޅިގެން ހާއްސަ އުފެއްދުންތަކެއް ވެސް ނެރެފައިވެ އެވެ.
އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަކީ ވެސް މިހާރު ކްރޮކްސް އިޝްތިހާރުކޮށްދޭ މީހެކެވެ.
ދާދި ފަހުން ކްރޮކްސް އާއި ބެލެންޝިއާގާ ގުޅިގެން ހީލް ކްރޮކްސް ވެސް ނެރެން ނިންމާފައިވާކަން އިއުލާންކޮށްފައިވެ އެވެ.
މި ބޫޓު ގަންނައިރު ވެސް ހުންނާނީ މިހެން!
ޖެނިފާ ލޮޕޭޒް ބޫޓް ކަލެކްޝަނެއް ނެރެނީ
ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ޕޫމާގެ ބޫޓެއް
ނައިކީގެ ބޫޓް ކަލެކްޝަނެއް ސިއްހީ ދާއިރާގެ އަށް ހާއްސަ
"އެވަކާޑޯ ޓޯސްޓެއް" ސިފަވާ ބޫޓެއް ހަދައިފި
ރަތް ކުލައިގެ "ކާޓޫން ބޫޓް" ވައިރަލްވެއްޖެ
ނައިކީން އިޒްރޭލުގެ ބައެއް ޕާޓްނަރުން ދޫކޮށްލަނީ
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި
ބީބާގެ އަނބިމީހާއޭ ކިޔަސް މައްސަލައެއް ނެތް: ހޭއިލީ
ކިމް ކާޑޭޝަން ހެދުންއެޅިގޮތުން ނުޖަހާ ޖޯކެއް ނެތް