Roadha Mihaaru
އޯޓިޒަމް މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް

އޯޓިޒަމް މީހުންނަށް ހާއްސަ ބޫޓް ކަލެކްޝަނެއް

14 މާޗް 2020

އޯޓިޒަމް ހުންނަ މީހުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫ ބައެކެވެ. އެގޮތުން ސޯޝަލައިޒްވާން ގޮންޖެހުންތައް ހުރުމާއި މިޒާޖަށް އަންނަ ބަދަލުތަކާއި ގަދަ އަޑާއި ގަދަ ކުލަ ފަދަ ކަންކަމަކީ ވެސް އެފަދަ މީހުންނަށް އުނދަގޫކުރާ ކަންކަމެވެ. ހާއްސަކޮށް، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ހުންނަ ނަމަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޯޓިޒަމް ހުންނަ މީހުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެން އުނދަގޫ ބައެކެވެ. އެގޮތުން ސޯޝަލައިޒްވާން ގޮންޖެހުންތައް ހުރުމާއި މިޒާޖަށް އަންނަ ބަދަލުތަކާއި ގަދަ އަޑާއި ގަދަ ކުލަ ފަދަ ކަންކަމަކީ ވެސް އެފަދަ މީހުންނަށް އުނދަގޫކުރާ ކަންކަމެވެ. ހާއްސަކޮށް، އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ހުންނަ ނަމަ އެވެ.

މިފަދަ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނުވައިދޭން މިއީ ބޫޓް ކަލެކްޝަނެކެވެ. އޭއެސްޑީ ހުންނަ މީހުންގެ މިޒާޖާއި މޫޑުތަކަށް ވިސްނައިގެން މި ބޫޓް ކަލެކްޝަން ވުޖޫދަށް ގެނެސްފައި ވަނީ ބޫޓު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ވޭންޒް އިންނެވެ.

އެ ކުންފުންޏާއި އިންޓަނޭޝަނަލް ބޯޑް އޮފް ކްރެންޑަންޝަލިން އެންޑް ކޮންޓިނުއިން އެޑިއުކޭޝަން ސްޓެންޑާޑްސް (އައިބީސީސީއެސް) ގުޅިގެން އުފައްދާފައިވާ ބޫޓު ކަލެކްޝަނަށް ދީފައިވާ ނަމަކީ "ވޭންޒް އޯޓިޒަމް އެވެެއާނެސް ކަލެކްޝަން" އެވެ.

މި ކަލެކްޝަންގެ ބޫޓްތައް ފަރުމާކޮށްފައި ހުންނަނީ ހާއްސަ ސެންސަރީ ފީޗާތަކާ އެކީގަ އެވެ. އެކަމުގެ ސަބަބުން ބޫޓަށް އަރައި ބޭލުމާއި އަރައިގެން ހުންނަ އިރު، އޭގެ ސަބަބުން ފައިތިލަ އަށް ގެނުވައިދޭ އިހުސާސްތަކުން މީހާގެ ސިކުނޑި އަށް އަރާމާއި ލުއިކަން ގެނެސްދޭނެ އެވެ.

މި ބޫޓުތަކުގެ އަގުތައް އުޅެނީ 45-50 ޑޮލަރާ ދެމެދުގަ އެވެ. ވޭންޒްގެ ވެބްސައިޓާއި އެތަނުގެ އައުޓްލެޓްތަކުން މިހާރު ގަންނަން ލިބޭނެ އެވެ.

އޯޓިޒަމް ހުންނަ މީހުންނަށް ހާއްސަ ބޫޓު ކަލެކްޝަނެއް ނެރުމާ ގުޅިގެން، އެފަދަ މީހުންނާއި ކުދިން ތިބޭ އާއިލާތަކުގެ ބައެއް މީީހުން ވަނީ ސޯޝަލް މީޑިއާގައި ވޭންޒަށް ޝުކުރު އަދާކޮށްފަ އެވެ.

ވޭންޒުން އޯޓިޒަމްގެ މީހުންނަށް ހާއްސަކޮށްގެން ބޫޓް ކަލެކްޝަނެއް ނެރެފައި ވަނީ އަންނަ މަހުގެ 2 ގައި ބައިނަލްއަގްވާމީ އޯޓިޒަމް އެވެއާނެސް ޑޭ ވެސް ފާހަގަކުރަން ގާތްވަމުން ދަނިކޮށެވެ.

ވޭންޒުން ބުނިގޮތުގައި ބޫޓު ކަލެކްޝަން ވިއްކައިގެން ލިބޭ އާމްދަނީން މަދުވެގެން 100،000 ޑޮލަރު ހަދިޔާކުރާނީ އޯޓިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ އަ. ސްޓޭކަށެވެ.