Roadha Mihaaru
ސުޕްރީމް ކޯޓު ރިސެސްއަށް، ހައިކޯޓުން މައްސަލަ ނިންމަނީ

ސުޕްރީމް ކޯޓު ރިސެސް އަށް، ހައި ކޯޓުން ރިސެސް އަށް ނުގޮސް މައްސަލަތައް ނިންމަނީ

01 ޑިސެމްބަރ 2020

މިއަދުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ގޮސް އަދި ހައި ކޯޓުން ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަދުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ގޮސް އަދި ހައި ކޯޓުން ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ ދުވަހާ ހަމައަށް ސުޕްރީމް ކޯޓާއި ހައި ކޯޓު އޮންނާނީ ރިސެސްގަ އެވެ. ރިސެސްގެ މުއްދަތުގައި އާންމު އުސޫލުން އެއްވެސް ޝަރީއަތެއް ކުރިއަށް ނުގެންދާނެ އެވެ.

ސުޕްރީމް ކޯޓުން ބުނީ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ލާޒިމްކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގެ ޝަރީއަތްތައް ރިސެސް މުއްދަތުގައި މުއްދަތުގައި ނުބާއްވާނެ ކަމަށެވެ. އެކަމަކު މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޓުން ބުންޏެވެ.

އެހެން އަހަރު ތަފާތުކޮށް ހައި ކޯޓުން މިފަހަރު ނިންމީ ރިސެސް މުއްދަތުގައި ވެސް ޝަރީއަތްތައް ކުރިއަށް ގެންދިއުމަށެވެ. އެއީ ނުނިމި ހުރި މައްސަލަތައް މަދުކުރުމަށްޓަކައި އެ ކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމި ނިންމުމެއް ކަމަށް ހައި ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުން ވެސް މި މަހު ރިސެސްއަކަށް ދާނެ އެވެ. އެކަމަކު ދަށު ކޯޓުތަކުގެ ރިސެސް މުއްދަތު ކުރުވާނެ އެވެ.