Roadha Mihaaru
ރާސްތާ ދޯނިން ފިހުނު މީހަކު މަރުވެއްޖެ

ރާސްތާ ދޯނީގެ އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު މަރުވެއްޖެ

01 ޑިސެމްބަރ 2020

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ މިއަދު މަރުވެއްޖެ އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އެންމެ ބޮޑަށް ޒަހަމްވީ ހަށިގަނޑުން 50 ޕަސެންޓް ފިހުނު މީހާ އެވެ. އޭނާ އަށް ވެސް އެންމެ ފުރަތަމަ ފަރުވާ ދިނީ އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުންނެވެ. ނަމަވެސް ހާލު ސީރިއަސްވާން ފެށުމުން މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗަށް ފޮނުވާލީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލުން 41 އަހަރުގެ އަހަރުގެ އެ މީހާ ގެންދިޔައިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:35 ހާއިރު ކަމަށް ވިދާޅުވި އެވެ.

ދޯނީގައި ދެން ތިބި ތިން މީހުންގެ ހަށިގަނޑުން ވެސް އެކި ވަރަށް ފިހުނެވެ. އެކަމަކު އެއްވެސް މީހެއްގެ ހާލު ސީރިއަސް އެއް ނޫން ކަމަށް ތިނަދޫ ހޮސްޕިޓަލުން ކުރިން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރުމުން ކަމަށެވެ. އޭރު ދޯނި އޮތީ މަހަށް ފުރަން ތައްޔާރުވެފަ އެވެ.