Roadha Mihaaru

އުސްފަސްގަނޑާ ދިމާލުން، މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މަރުވެފައި އޮތް މީހަކު ކަނޑުމަތީގައި އޮޔާ ދަނިކޮށް މާލެ އިން މިއަދު ފެނިއްޖެ އެވެ.

މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

30 ސެޕްޓެމްބަރ 2024

މަރުވެފައި އޮތް މީހަކު ކަނޑުމަތީގައި އޮޔާ ދަނިކޮށް މާލެ އިން މިއަދު ފެނިއްޖެ އެވެ.

ފުލުހުން ދެންމެ ބުނީ، އުސްފަސްގަނޑާ ދިމާލު ބޭރު ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:06 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން އެ ހަށިގަނޑު ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެއީ ދިވެހި ފިރިހެނަކު ކަން އެނގިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ.