Roadha Mihaaru
ހަނިމާދޫގެ މަގުތަކުގެ 70 ޕަސެންޓު ނިމިއްޖެ

ހަނިމާދޫގެ މަގުތަކުގެ 70 ޕަސެންޓު ނިމިއްޖެ

03 ޑިސެމްބަރ 2020

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 70 ފަސެންޓު އެމްޓީސީސީން ނިންމާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. ހަނިމާދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 70 ފަސެންޓު އެމްޓީސީސީން ނިންމާލައިފި އެވެ.

މި މަޝްރޫޢުގެ ދަށުން ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތުގެ 95 ޕަސެންޓު ވަނީ މިހާރު ނިންމައިފަ އެވެ. ދުވާރު ހެދުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހޮޅިވަޅުލުމުގެ މަސައްކަތުގެ 48 ޕަސެންޓު ވަނީ ނިމިފަ އެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާތީ، އެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގާ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ހަދާނެ އެވެ. މަގުގައި ދުއްވާ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމަށް ނިންމައިފައިވެ އެވެ.

ހަނިމާދޫ މަގުތައް ހެދުންގެ މަސައްކަތުގެ ބޮޑުބައި ނިމިފައި--ފޮޓޯ:އެމްޓީސީސީ

ހަނިމާދޫ މަގުތައް ހެދުންގެ މަސައްކަތުގެ ބޮޑުބައި ނިމިފައި--ފޮޓޯ:އެމްޓީސީސީ

މި ޕްރޮޖެކްޓުގެ ދަށުން 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ އެވެ.

ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ 46.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.