Roadha Mihaaru
ތާރުއަޅައި ހަނިމާދޫގެ މަގުތައް ނިންމާލައިފި

ތާރުއަޅައި ހަނިމާދޫގެ މަގުތައް ނިންމާލައިފި

24 އެޕްރީލް 2023

ހދ. ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައި، ރަނގަޅު ފެންވަރަކަށް މަގުތައް ހަދަން ހިންގި މަޝްރޫއު އެމްޓީސީސީން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހދ. ހަނިމާދޫގެ 18 މަގެއްގައި ތާރުއަޅައި، ރަނގަޅު ފެންވަރަކަށް މަގުތައް ހަދަން ހިންގި މަޝްރޫއު އެމްޓީސީސީން ނިންމައިފި އެވެ.

އެ ޕްރޮޖެކްޓަށް ވަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. ހަނީމާދޫ އަކީ ހދ އަތޮޅުގެ އެންމެ ބޮޑު އެއާޕޯޓު އޮންނަ ރަށެވެ.

އެމްޓީސީސީއިން ބުނީ މަގު ހެދުމުގެ ޕްރޮޖެކްޓާ އެކު މަގުތަކުގައި ފެންބޮޑުވުމާއި އަޑިގުޑަން ކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގައި 44،000 ސްކޮއާ މީޓަރުގެ ދުއްވާ ސަރަހައްދަކާއި 18،000 ސްކޮއާ މީޓަރުގެ ހިނގާ ސަރަހައްދެއް ވަނީ ހަދައިފަ އެވެ. އޭގެ އިތުރުން ފެން ހިންދާ ނިޒާމެއް ގާއިމް ކުރުމާއި ސާވިސް ލައިން އެޅުމާއި ޑްރައިނޭޖް ސިސްޓަމް ވަނީ ގާއިމްކޮށްފަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އެރަށުގެ 18 މަގެއްގައި ވަނީ ތާރު އަޅާފަ އެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީއިން ފެށީ 2019 ވަނަ އަހަރު އެވެ.