ހދ. ހަނިމާދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.
18 ޖުލައި 2021
ހދ. ހަނިމާދޫގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.
އެ މަނިކުފާނު، އުތުރުގެ ތިން ރަށަކަށް މިދިޔަ ބުރާސްފަތި ދުވަހު ފެއްޓެވި ދަތުރުފުޅުގައި ހަނިމާދު އަށް ވަޑައިގެން، އެ ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރަސްމީކޮށް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބައިވެރިވެވަޑައިގަތެވެ.
ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 71.9 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގެ 20 މަގެއްގެ 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ފެން ހިންދާ ނިޒާމު ގާއިމް ކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމާއި މަގުމަތީގައި ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ތާރުއަޅައި ހަނިމާދޫގެ މަގުތައް ނިންމާލައިފި
ހަނިމާދޫ މަގުތަކުގައި ތާރުއަޅައިފި
ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް ނިމެނީ
ހަނިމާދޫ މަގުތަކުގެ ބޮޑު ބައެއް ނިންމާލައިފި
ހަނިމާދޫގެ މަގުތަކުގެ 70 ޕަސެންޓު ނިމިއްޖެ
ބޭރުގެ މަގުގެ ބާކީބައި ހަދަން އާންމުންގެ ހިޔާލު ހޯދަނީ
ހަނިމާދޫ އެއާޕޯޓާ އެކު އިގްތިސާދު ފުޅާކުރަންޖެހޭ: އިބޫ
ތާރުއަޅަން ޖުމްހޫރީ މައިދާން ކައިރި މަގުތައް ބަންދު
ލޯންޗުތަކަށް އިތުރު ދެ ފަޅެއް ދޭން މަޝްވަރާކޮށްފި
ހަތަރު ލޭނާ އެކު، "ސްޓްރެސް" އަށް ވެސް ލުޔެއް