މެޑްރިޑް (ޑިސެމްބަރު 12) - މި ސީޒަނުގައި ސްޕެނިޝް ލީގުގެ ފޭވަރިޓަކީ މި ވަގުތު އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކަމަށް ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މެޑްރިޑް (ޑިސެމްބަރު 12) - މި ސީޒަނުގައި ސްޕެނިޝް ލީގުގެ ފޭވަރިޓަކީ މި ވަގުތު އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކަމަށް ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި އެތުލެޓިކޯ އޮތީ 10 މެޗުން 26 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ރެއާލް އޮތީ 11 މެޗުން 20 ޕޮއިންޓް ހޯދައިގެން ލީގުގެ ހަތަރު ވަނައިގަ އެވެ.
ޑިއޭގޯ ސިމިއޯނީގެ ކޯޗުކަމުގައި ކުޅޭ އެތުލެޓިކޯ އިން އެންމެ ފަހުން ސްޕެނިޝް ލީގު ކާމިޔާބުކުރީ 2014 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި އެ ޓީމު ލީގު ނިންމާލީ ރެއާލާއި ބާސެލޯނާގެ ފަހަތުން ތިން ވަނައިގަ އެވެ.
މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޒިދާން ބުނީ އަދި މިހާތަނަށް ބަލާއިރު މި ފަހަރު ލީގު ކާމިޔާބުކުރެވޭނެ ހުރިހާ ތަފާތެއް ފެންނަނީ އެތުލެޓިކޯގެ ކިބައިން ކަމަށެވެ.
"އެ މީހުން (އެތުލެޓިކޯ) އަކީ ފޭވަރިޓުން. ދަނޑަށް އަރާ ކޮންމެ މެޗެއްގައި ވެސް މިހާރު އެ މީހުން އެ ކުޅެނީ މޮޅުނޫން ގޮތެއް ނެތް ކަމަށް ދެކިގެން އެ ރޫހުގައި. އެ މީހުންނަކީ އަބަދުވެސް ވާދަވެރިކަމާ އެކު ތަފާތު ހިތްވަރެއްލައިގެން ޓީމެއްގެ ގޮތުގައި ކުޅޭ ބައެއް. މި ފަހަރު ތަފާތަކީ އެ ރޫހުގައި ކުޅެގެން އެ މީހުން އެ އޮތީ ތާވަލުގެ ކުރީގައި،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ޕޮއިންޓް ޓޭބަލްގެ ފަރަގު ކުޑަކުރުމުގެ އިތުރުން އެތުލެޓިކޯއާ ދެކޮޅަށް މިރޭ ކުޅޭ މެޗަކީ ރެއާލްގެ އިތުބާރަށް ވެސް ވަރަށް މުހިއްމު މެޗެއް ކަމަށެވެ. އަދި ފަރުވާތެރިކަމާ އެކު ކުޅެފިނަމަ މި ފަހަރު ލީގުގައި އެތުލެޓިކޯ ބަލިކުރާ ފުރަތަމަ ޓީމަކީ ރެއާލަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ޒިދާން ގަބޫލުކުރެ އެވެ.
"މީޑިއާ އިން މި މެޗު އެބަ ސިފަކުރޭ ފައިނަލެއްގެ ގޮތުގައި. އަހަރެމެން މި ލީގުގެ ކޮންމެ މެޗެއް ވެސް ދެކެނީ ފައިނަލެއްގެ ގޮތުގައި،" ޒިދާން ބުންޏެވެ.
ޕްރެޝަރު ވަގުތެއްގައި ނުކުމެ ޗެމްޕިއަންސް ލީގުގައި ރެއާލުން ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށް އެ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. ޒިދާންގެ ވިސްނުން ހުރީ އެ މެޗުގައި ދެއްކި ފަދަ ކުޅުމެއް މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯއާ ދެކޮޅަށް ތަކުރާރުކުރާށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ.
ދަރިފުޅަށް ވީތީ އިސްކަމެއް ނުދެން: ސިމިއޯނީ
ރެއާލް ދެ ވަނަ އަށް، އެތުލެޓިކޯ އެއްވަރު
ބެންޒެމާގެ ގޯލުން ރެއާލް ސަލާމަތްވެއްޖެ
ރެއާލުން އެތުލެޓިކޯ ބަލިވުމުގެ ފައިދާނަގައިފި
ޒިދާންގެ 200 ވަނަ މެޗުގައި ރެއާލަށް މުހިއްމު މޮޅެއް
ކުރީގެ މެޗުތަކުން ކުރާނެ ފައިދާއެއް ނެތް: ޒިދާން
"ސަޕޯޓަރުންނަށްޓަކައި އެތުލެޓިކޯ ބަލިކުރުން މުހިއްމު"
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
އެތުލެޓިކޯ އެއްވަނަ އަށް، ތައްޓަށް ވާދަކުރާނެ