16 ޑިސެމްބަރ 2020
ހަށިގަނޑުގެ ފިނިހޫނުމިކަން ޗެކްކޮށް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ދުރާލައި އަންގައިދޭ ސްމާޓް އަނގޮޓިއެއް ކޮވިޑުން ރައްކާތެރިކަން ހޯދައިދޭން އެހީވެދޭނެ އެއްޗެއްގެ ގޮތުގައި ދިރާސާ ޓީމަކުން ކަނޑައަޅައިފި އެވެ.
ހަށިގަނޑުގެ ފިނިހޫނުމިކަން ޗެކްކޮށް ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިތޯ ދުރާލައި އަންގައިދޭ ސްމާޓް އަނގޮޓިއެއް ކޮވިޑުން ރައްކާތެރިކަން ހޯދައިދޭން އެހީވެދޭނެ އެއްޗެއްގެ ގޮތުގައި ދިރާސާ ޓީމަކުން ކަނޑައަޅައިފި އެވެ.
"އޮރާ" ގެ ނަން ދީފައިވާ މި އަނގޮޓި އަކީ އެ ނަމުގައި ހިނގާ ފިންލެންޑްގެ ކުންފުންޏެއްގެ އުފެއްދުމެކެވެ. އެޕުން ސްމާޓް ފޯނަށް މައުލޫމާތު ފޮނުވާ އަނގޮޓީގެ އަގަކީ 360 ޑޮލަރު (5,544ރ.) އެވެ.
މި އަނގޮޓީގެ ދިރާސާތަކެއް އޮރާއާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާ ޔުނިބަސިޓީ އާއި ސެން ޑިއޭގޯ ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ހަދާފައިވާ އިރު 3،400 މީހެއްގެ އަތުގައި ސްމާޓް އަނގޮޓި އަޅުވައިގެން ވަނީ ވަނީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިތޯ ނެތްތޯ ދެނެގެންފަ އެވެ. ދިރާސާ އަށް ފަހު ނެރުނު ރިޕޯޓް ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު އޭގައި ބުނީ "އޮރާ" ސްމާޓް އަނގޮޓި އަކީ ކޮވިޑުން ރައްކާތެރިކަން ހޯދަން ބޭނުންކުރެވިދާނެ އެއްޗެއްކަމާ ދޭތެރޭ މިހާރު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މި އަނގޮޓީގެ އެހީގައި ވަނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ކޮވިޑް-19 ޕޮޒިޓިވްވާކަން އެނގިފަ އެވެ.
Ready to bring it on? Know for sure, with the most accurate guide on sleep, readiness, and activity.
— Oura (@ouraring) December 1, 2020
Know why you feel how you feel. #withOura pic.twitter.com/FTJAkYW3fO
"މި އަނގޮޓީ އަކީ ކޮވިޑާ ދެކޮޅަށް ވަރަށް ރަނގަޅު އުފެއްދުމެއް. އޭގެ މާނަ އަކީ މި އަޅައިގެން ހުރުމުން މީހާގެ ހަށިގަނޑު ޓެމްޕެރޭޗާ ވަޒަންކުރެވި ދުރާލައި އެބަ ފުރުސަތު ހޯދައިދޭ ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ އަވަހަށް އައިސޮލޭޓްވެ، ފަރުވާ ހޯދުމާއިގެން ކުރިއަށް ދާން،" ދިރާސާ ޓީމްގައި ހިމެނޭ އޭޝްލީ މޭޒަން ވިދާޅުވި އެވެ.
"އޮރާ" ސްމާޓް އަނގޮޓިއާ ގުޅޭ ގޮތުން ހޯމަ ދުވަހު ނެރުނު ރިޕޯޓަކީ އެއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ދިރާސާގެ ފުރަތަމަ ބައެވެ. ޓާގެޓަކީ ދުނިޔޭގެ އެކި ހިސާބުތަކުން މީހުންގެ އަނގޮޓި އަޅުވައިގެން ޑޭޓާ އެއްކޮށް، އިތުރަށް މިއާ ގުޅޭ މައުލޫމާތުތަސއް ތިލަކުރުމެވެ. އެގޮތުން އަމާޒަކީ މަދުވެގެން 65،000 މީހުންގެ ބައޯމެޓްރިކް ޑޭޓާ ސްމާޓް އަނގޮޓީގެ ޒަރީރާ އިން ހޯދުމެވެ.
ކޮވިޑާ ބެހޭ ގޮތުން މިހާތަނަށް ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮޔުގައި ބަލި ޖެހުނު 10-70 ޕަސަންޓް މީހުންނަކީ ކުރިން އެއްވެސް އަލާމާތެއް ހުރިކަން ނޭނގި ބަލިޖެހުނު މީހުންނެވެ. އެހެންވެ ކުރިއާލައި ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ނެތްތޯ އެނގުމަކީ އެހެން މީހުންނަށް ބަލި ފެތުރުން ވެސް ކުޑަކޮށް ދޭނެ ކަމެކެވެ.
އެހެންވެ މިކަމަށް "އޮރާ" ސްމާޓް އަނގޮޓި އަކީ ބޭނުން ކުރަން ވަރަށް ރަނގަޅު އުފެއްދުމުގެ ގޮތުގައި ދިރާސާ ޓީމުން ސިފަކޮށްފައިވެ އެވެ.
އޮރާގެ ޗީފް ފައިނޭންޝަލް ކޮންޓްރޯލާ (ސީއެފްއޯ) މީކޯ ކާކެއިނެން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ސްމާޓް އަނގޮޓީގެ އެންމެ ހާއްސަ އެއް ސިފަ އަކީ އެއް އަޅައިގެން ހުންނަ އިރު ވީހާ އަވަހަށް ބަލީގެ އަލާމަތެއް ހުރިނެތޯ ނެތްތޯ އަންގައި ދިނުމެވެ.
ކާން އުނދަގޫވާ ގޮތަށް ދަތުގައި ހަރުކުރާ ޑިވައިސްއެއް
ކޯޓަކަށް ބަދަލުކޮށްލެވޭ ބާލީހެއް އިކިއާ އިން ނެރެފި
ކޮވިޑް-19 ގެ "ފަރުވާއަކަށް" އިންހޭލާއެއް
އިންސާނުން ކޮޕީކުރާ ހުނަރުވެރި ރޮބަޓެއް
ބަސް ތަރުޖަމާކޮށްދޭ ސްމާޓް މާސްކެއް
މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް
ފުރާ މީހުން ސްކޭންކުރަން "ސްމާޓް ހެލްމެޓް"
މަސް ކާ ހިތްވާ މީހުންނަށް "މީޓް" ޕެޗެއް
ލިޕްސްޓިކެއް ނޫން، އަންހެނުންގެ "ހަށިރައްކަލެއް"
ދޫންޏަށް ލޯބިކުރާ މީހުންނަށް "ސްމާޓް ބާޑް ފީޑާ"