ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މުސާރަ ލިބޭ ގޮތަށް މުވައްޒަފުންތަކެއް ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
15 ޑިސެމްބަރ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މުސާރަ ލިބޭ ގޮތަށް މުވައްޒަފުންތަކެއް ދޫކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އަދި ހިތަދޫ މެދުދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކް މޯޑު)ގެ މައްސަލަަ އެ ކޮމިޝަނުން ތަހުގީގުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެމްޕޭނަށް ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކެއް ވީއްލައި އެ ދުވަސްތަކަށް މުސާރަ ދީފައިވާތީ ކަމަށާއި އެކަން އެގޮތަށް ކުރީ މުހައްމަދު ރަޝީދު ކަަމަށް ބުނެ މައްސަލައެއް ހުށަހެޅުމުން ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ދައުލަތުުގެ މުއައްސަސާއަކުން ކަމެއް ނުވަތަ އެހެން މީހަކު ކަމެއް އޭސީސީއަކުން ނުބުނެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ 16 މުވައްޒަފަކު ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ ވަޒީފާއިން ވީއްލަން އެދި މުހައްމަދު ރަޝީދު މެމޯއެއް ފޮނުވާފައިވާކަން ކޮމިޝަނުން ކުރި ތަހުގީގުގައި އެނގުނެވެ. އެ މުވައްޒަފުން 2018 ވަނަ އަހަރުގެ ޖުލައިމަހާއި ސެޕްޓެމްބަރުމަހު 12 މުވައްޒަފަކު ރިލީޒްގައި ތިބި އިރު އެ މުވައްޒަފުން އޮފީހަށް ހާރިޒުނުވާ ދުވަސްތަކަކަށް މުސާރަ އާއި އެލަވަންސް ދީފައިވާ ކަމަށާއި މުވައްޒަފުންނަށް ރިލީޒް ދީފައި ވަނީ ރިލީޒް ދިނުމުގައި އަމަލުކުރާ އުސޫލާ ހިލާފަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.
"...އެގޮތުން އެ ދުވަސްްވަރު [2018 ވަނަ އަަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު] ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް އެ ފަރާތްތަކުން އޮފީހަށް ހާޒިރުވިކަން ދެއްކުމަށް ޓަކައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނައުމަށް ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު އެ ކުންފުނީގެ އަައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން މި މައްސަލަައިގެ ތަހުގީގަށް ފާހަގަކުރެވިފައި ވެ އެވެ،" އޭސީސީން މިރޭ ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ކޮމިޝަަނުން ބުނިގޮތުގައި އެ މައްސަލައިގައި މުހައްމަދު ރަޝީދާ ދެކޮޅަށް ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރަން އަންގައިފި
ރައީސްގެ ކެމްޕެއިނަށް ހަރަދުކޮށްފައެއް ނުވާނެ: އެޗްޑީސީ
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް
މުވައްޒަފު ވަކިކުރީ ވިސިލްބްލޯ ކޮށްގެނެއް ނޫން:ޕޯސްޓް
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ސިފްކޯގެ ފްލެޓް މަޝްރޫއުގެ އޮޑިޓެއް ހަދަން އަންގައިފި
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 3 ދަރަޖަ ފަހަތަށް
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން