ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
22 ޑިސެމްބަރ 2020
ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން ސަސްޕެންޑުކޮށްފައި ހުރި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ. އެ މައްސަލަ ބަލައިދޭން އޭސީސީ އަށް ހުށަހެޅީ ރައީސް އޮފީހުންނެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ ޝަޒައިލްއާ ދެކޮޅަށް ހުށަހެޅި ރިޝްވަތުގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެކަމަކު، އެ ތަހުގީގުގެ ތެރެއިން ފާހަގަވި މަނީ ލޯންޑްރިންގެ މައްސަލައެއް ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރެއް އޭސީސީއަކަށް ނޯވެ އެވެ. ގާނޫނުން އެ ބާރު އަދިވެސް އޮންނަނީ ފުލުހުންނަށެވެ.
ހަސަން ވިދާޅުވި ގޮތުގައި މޯލްޑިވް ގޭހާ ގުޅޭ ގޮތުން ފާހަގަވި އެހެން މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި އެތަނުގެ މުވައްޒަފެއްގެ އެކައުންޓަށް ޝައްކު ކުރެވޭ ފައިސާތަކެއް ވަތް މައްސަލަ އާއި ކުންފުނިން ގެންދިޔަ މަރާމާތުގެ މަސައްކަތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވަކި މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.
މީގެ އިތުރުން މޯލްޑިވް ގޭހުގެ ވަޒީފާ އަށް މުވައްޒަފަކު ނެގުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ހަސަން ވިދާޅުވި އެވެ.
ޝަަޒައިލްއާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ނިންމުން ވަނީ މޯލްޑިވް ގޭހަށް ފޮނުވައިފަ އެވެ.
"މައްސަލައިގެ ރިޕޯޓް ވާނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ފޮނުވާފައި،" ހަސަން ވިދާޅުވި އެވެ.
ޝަޒައިލަށް ތުހުމަތުކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލި އެވެ.
ޝަޒައިލަށް ތުހުމަތުކުރި ފަދަ މައްސަލަތަކެއްގައި ކުރީގެ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) އަށް ކޮށް، އެސްއޯއީ ކޮމިޓީން އޭނާގެ މައްސަލަ ވެސް ބެލި އެވެ.
ކޮމިޓީން ނިންމާފައި ވަނީ ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން ޕާކަވަންއާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށް، ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލު ކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން އޮތީ ނިންމައިފަ އެވެ.
ޝަޒައިލް ސަސްޕެންޑްކޮށްގެން މައްސަލަ ބެލިއިރު އެސްއޯއީ ކޮމިޓީގެ ރިޕޯޓަށް ފަހު ވެސް އިބޫ ސަސްޕެންޑެއް ނުކުރުމުން ފާޑުކިއުން ބޮޑުވި އެވެ. ތިލަފުށީގެ ފަޅުތެރޭގައި އޮތް ބޯޓެއް ނެގުމުގެ މައްސަލަ ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ދެ މައްސަލަ ވެސް ސާބިތުނުވެ ޝަޒައިލް ސަލާމަތްވެއްޖެ
ޝަޒައިލްގެ ސަސްޕެންޝަން އުވާލައި އަލުން އެމްޑީއަކަށް
30 މީހެއްގެ މައްސަލަ ބާރަށް ކުރިއަށްދޭ: ޕީޖީ
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
ލުތުފީ އޭސީސީން "ގެއްލިއްޖެ"!
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން
ކުރީގެ ރައީސް ޔާމީން، ފުލުހުސް އޮފީހުގައި 6 ގަޑިއިރު
ޕީސީއާރު ޓެސްޓް ކޮރަޕްޝަންގެ މައްސަލަ އަލުން ތަހުގީގަށް