ބީއެމްއެލް އިސްލާމިކް އިން ތައުލީމަށް ހާއްސަކޮށް ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.
23 ޑިސެމްބަރ 2020
ބީއެމްއެލް އިސްލާމިކް އިން ތައުލީމަށް ހާއްސަކޮށް ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.
ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން އިޖާރާގެ ދަށުން އެކުލަވާލާފައިވާ މި ފެސިލިޓީ އަކީ ސެޓްފިކެޓް ލެވަލް ކޯސްތަކުން ފެށިގެން ޑޮކްޓަރޭޓާ ހަމައަށް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދިވެހިންނަށް ހާއްސަކޮށް ތައާރަފް ކުރި ފެސިލިޓީ އެކެވެ.
އެޑިޔުކޭޝަން ފައިނޭންސިން މެދުވެރިކޮށް ޓިއުޝަން ފީ، ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހަރަދުތައް ހިމަނައިގެން ޖުމްލަ ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސްކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ފައިސާ ދައްކާ ހަލާސްކުރުމަށް އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 10 އަހަރު ކަނޑައެޅިފައިވެ އެވެ.
މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 ޕަސެންޓްގެ ރޭޓުގަ އެވެ. މި ފައިނޭންސިން އަށް އަނބުރާ ފައިސާ ދައްކަން ފަށަން ޖެހޭނީ ކިޔަވާ ނިމުމަށް ފަހު އެވެ. ތައުލީމް ހާސިލްކުރުމަށް ޖުމްލަ ހިނގާނެ ހަރަދުގެ 25 ޕަސެންޓް ފައިނޭންސިން އަށް އެދި ހުށަހަޅާ ފަރާތުން އަމިއްލަ އަށް ހަރަދު ކުރަން ޖެހޭނެ އެވެ. އަދި ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 ޕަސެންޓަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަންޖެހޭނެ އެވެ.
ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ މި ތައާރަފް ކުރި އެޑިޔުކޭޝަން ފައިނޭންސިން އަކީ އިސްލާމިކް ފައިނޭންސިން ފެސލިޓީއެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ފަހި ފުރުސަތެއް ކަމަށެވެ.
"ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް،" އޭނާ ވިދާޅުވި އެވެ.
Bank of Maldives
Download a BML Islamic Education Financing application and apply to BML Islamic Male’ branch or any other Branch located outside of Male’.
ބީއެމްއެލްގެ އިސްލާމިކްފެ އެޑިއުކޭޝަން ފައިނޭންސިންއަށް އެދުމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ލިންކް
އެޑިޔުކޭޝަން ފައިނޭންސިން އަށް އެދި ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަދި އަތޮޅު ތެރެއިން ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް އެދި ހުށަހެޅޭނެ އެވެ.
އިސްލާމިކް ޕާސަނަލް ފައިނޭންސިން 1.2 މިލިއަނަށް!
ބީއެމްއެލް އިސްލާމިކުން ވިޔަފާރިތަކަށް ޑެބިޓް ކާޑެއް
އިސްލާމިކް ޕާސަނަލް ފައިނޭންސަށް އޮންލައިންކޮށް އެދެވޭނެ
ބީއެމްއެލް އިސްލާމިކް ފައިނޭންސުން ނަގުދު ފައިސާ ލިބޭނެ
އަންނަ ހަފުތާ ބޭންކުތައް ހުޅުވާނީ ތިން ދުވަހު
ބީއެމްއެލް އިސްލާމިކްގެ ލައިފްސްޓައިލް ފައިނޭންސިންއަށް ބަދަލުތަކެއް
ބީއެމްއެލަށް އާ ޗީފް ރިސްކް އޮފިސަރަކާއި ޑައިރެކްޓަރެއް
ޝަރީއާ އެޑްވައިޒަރީ ކޮމެޓީއަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ފުރަތަމަ އިސްލާމިކް ފައިނޭންސް ގެދޮރަށް
ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް ހުޅުވައިފި