Roadha Mihaaru
މާފަރު އެއާޕޯޓު ޕްރައިވެޓް ޖެޓުން ފުރާލައިފި

މާފަރު އެއާޕޯޓު ޕްރައިވެޓް ޖެޓުން ފުރާލައިފި

28 ޑިސެމްބަރ 2020

ޓޫރިސްޓުން ރާއްޖެއަށް އަންނަ ވަރު އިތުރުވެ، މާފަރު އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިސްޓުން ރާއްޖެއަށް އަންނަ ވަރު އިތުރުވެ، މާފަރު އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

މޯލްޑިވިއަން އެއާޕޯޓްސްގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ ވިދާޅުވީ، މި މަހުގެ މިހާތަނަށް 95 ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށެވެ. އަންނަ މަހު އެއްކޮށްހެން ވެސް ޕްރައިވެޓް ޖެޓްތައް ފުލް ކެޕޭސިޓީގައި އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެއާޕޯޓަށް އޮތީ ވަރަށް ބާރު ބޮޑުކޮށް،" އޭނާ ވިދާޅުވި އެވެ.

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ހައި އެންޑް ގިނަ ރިސޯޓުތަކެއް އޮންނަ ސަރަހައްދެކެވެ. އެގޮތުން ވެލާ އާއި ސޮނޭވާ ޖާނީގެ ރަންދެލި ރިސޯޓު ހިމެނެ އެވެ. މި ދުވަސްވަރަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރު ދުވަސްވަރެކެވެ. މިމަހުގެ މިހާތަނަށް 70،000 ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

މާފަރު އެއާޕޯޓުގައި ޖައްސާފައިވާ ޕްރައިވެޓް ޖެޓުތައް. މިމަހު އެކަނި 95 ޕްރައިވެޓް ޖެޓް ޖައްސާފައިވޭ--ފޮޓޯ:އައިއޭއެސް

މާފަރު އެއާޕޯޓުގައި ޖައްސާފައިވާ ޕްރައިވެޓް ޖެޓުތައް. މިމަހު އެކަނި 95 ޕްރައިވެޓް ޖެޓް ޖައްސާފައިވޭ--ފޮޓޯ:އައިއޭއެސް

މުމްތާޒް ވިދާޅުވީ، ބޯޑަރު ހުޅުވައިލި ފަހުން ކޮންމެ މަހަކު އެވްރެޖުކޮށް 50 ޕްރައިވެޓް ޖެޓް ޖައްސާ ކަމަށެވެ. މިދިޔަ މަހު އެކަނި 60 ޕްރައިވެޓް ޖެޓް ޖެއްސި އެވެ. މާފަރު އެއާޕޯޓަށް މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް 20 ޕްރައިވެޓް ޖެޓް ޖައްސާފައިވެ އެވެ. މިމަހު އެވްރެޖުކޮށް ދުވާލަކު ހަތް ޕްރައިވެޓް ޖެޓް ޖައްސަ އެވެ.

މާފަރު އެއާޕޯޓުގައި 10 ޖެޓަށް އެއްފަހަރާ ޕާކު ކުރެވޭނެ އެވެ. އެހެން ނަމަވެސް މިވަގުތު ޕާކިން ފުލް ވުމުގެ ސަބަބުން ޖެޓްތައް ޖެއްސުމަށްފަހު ދާން ޖެހެނީ އެހެން އެއާޕޯޓުތަކަށެވެ.

މާފަރު އެއާޕޯޓުގައި ޖައްސާފައިވާ ޕްރައިވެޓް ޖެޓެއް.--ފޮޓޯ:އައިއޭއެސް

މާފަރު އެއާޕޯޓުގައި ޖައްސާފައިވާ ޕްރައިވެޓް ޖެޓެއް.--ފޮޓޯ:އައިއޭއެސް

މިދުވަސްވަރަކީ އާންމު ގޮތެއްގައި ރާއްޖެއަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓްތައް ޖައްސާ ދުވަސްވަރެކެވެ. ބައެއް އެހެން އެއާޕޯޓުތައް ކަމަށްވާ ކޫއްޑު އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޕްރައިވެޓް ޖެޓުތައް ޖައްސަ އެވެ.

މާފަރު އެއާޕޯޓު ހުޅުވީ މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ހިންގަނީ ސަރުކާރުގެ އެއާލައިން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަނުންނެވެ. މިއީ އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ. މީގެ އިތުރުން އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް އަނެއްކާ ވެސް ވަނީ ފަށައިފަ އެވެ.