Roadha Mihaaru
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:17
އަސްރު 15:21
މަގްރިބް 18:18
ޢިޝާ 19:30
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު

ޓޫރިޒަމް އަލުން ފަށާއިރު ކޮންމެ ޖެޓަކުން 50،000 ޑޮލަރު ނަގާ ގޮތަށް ދެލިކޮޕީއެއް އެކުލަވާލައިފި

19 މެއި 2020

ކޮވިޑް-19 އަށްް ވެކްސިނެއް ނުހޯދި، އެބަލި ފެތުރުން މުޅިން ނުހުއްޓޭ ހާލަތުގައި ރިސޯޓްތައް ހުޅުވަން ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކުގެ ދެލިކޮޕީއެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އަށްް ވެކްސިނެއް ނުހޯދި، އެބަލި ފެތުރުން މުޅިން ނުހުއްޓޭ ހާލަތުގައި ރިސޯޓްތައް ހުޅުވަން ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކުގެ ދެލިކޮޕީއެއް ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އާ އުސޫލުތަކަށް އިންޑަސްޓްރީގެ ހިޔާލު ހޯދަން ފޮނުވާފައިވާ ކަމަށެވެ. އެ އުސޫލުތަކުގެ ދެލިކޮޕީގައިވާ ގޮތުން، އަލުން ޓޫރިސްޓުން ގެންނަ އިރު ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމަށް ފީއެއްގެ ގޮތުގައި 50،000 ޑޮލަރު ނަގާނެ އެވެ. އަދި އަންނަ ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ބޮލަކަށް 100 ޑޮލަރު ނަގަން ވެސް ހިމަނާފައިވެ އެވެ.

އެއާޕޯޓުތަކަށް ޓޫރިސްޓުން ފައިބާ ހިސާބުން ފެށިގެން ޗުއްޓީ ނިންމައި، ރިސޯޓުން ފޭބުމާ ހަމައަށް އެކި މަރުހަލާތަކުގައި އަމަލުކުރާނެ ގޮތުގެ ފުރިހަމަ އުސޫލުތަކެއް އެ ދެލިކޮޕީގައިވެ އެެވެ. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް އެ އުސޫލުގައި ވަކިވަކިން ކިޔައިދީފައިވެ އެވެ.

އެއީ ރައްކާތެރިކަމާ އެކު ޓުއަރިޒަމްގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ "ސޭފް ޓޫރިޒަމް ރިސޯޓްސް" ނުވަތަ "ސޭފް ޓޫރިޒަމް ހޮޓެލްސް"ގެ ގޮތުގައި ކަނޑައަަޅާ ތަންތަނުން ހިދުމަތް ދިނުމަށް އެކުލަވާލާ އުސޫލުތަކެކެވެ.

އެއާޕޯޓްގައި ކުރަން ޖެހޭ ކަންތައްތައް

- އެއާޕޯޓަށް ޓޫރިސްޓް ފޭބުމާ އެކު އޭނާގެ ހަށިގަނޑާއި ޓްރެވެލް ޑޮކިއުމެންޓް އަދި ލަގެޖް ވެސް ޑިސްއިންފެކްޓް ކުރަން ޖެހޭނެ.

- ކެއްސާ ކިނބިހި އެޅުން، ނޭވާ ކުރުވުން، ހުން އައުން ފަދަަ (ކޮވިޑް-19ގެ) އަލާމާތެއް ހުރިތޯ ބަލަން އެއާޕޯޓްގައި ސްކްރީން ކުރަން ޖެހޭނެ.

- ޓޫރިސްޓް އައުމާ އެކު ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ. ޓެސްޓްކުރުމަށް ބޮލަކަށް ނަގާނީ 100 ޑޮލަރު.

- ޓޫރިސްޓުންނާއި އެއާޕޯޓްގެ މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް އެއް މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭނެ.

- ޓޫރިންސްޓުންނާއި އެއާޕޯޓް މުވައްޒަފުން ހަރަކާތްތެރިވާނީ މާސްކް އަޅައިގެން. އަދި ހޭންޑް ސެނިޓައިޒާ ގިނަގިނައިން ބޭނުންކޮށްގެން.

- އެއާޕޯޓް ސްޓާފުން ހަރަކާތްތެރިވާނީ ފޭސް ޝީލްޑާއި އަންގިއާ އެކު. އަދި ޑިއުޓީ ނިމުމުން ޑިސްއިންފެކްޓް ކުރަން ޖެހޭނެ.

- ޓޫރިސްޓުންގެ ލަގެޖާއި ލަގެޖް އުފުލާ ޓްރޮލީތައް ވަގުތުން ޑިސްއިންފެކްޓް ކުރަން ޖެހޭނެ.

ރިސޯޓަށް ދަތުރުކުރުން

- އެއާޕޯޓުން ރިސޯޓްތަކަށް ޓޫރިސްޓުން އުފުލޭނީ ކުރިން ހުއްދަ ހޯދާފައިވާ އުޅަނދުތަކެއްގައި. އެގޮތުން ހުއްދަ ދޭ ލޯންޗް ނުވަތަ އެއާކްރާފްޓްގައި ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން، ހުއްދަ ދިނުމުގެ ކުރިން ކަށަވަރުކުރަން ޖެހޭނެ.

- ކަނޑުގެ އުޅަނދު ފަަހަރުގައި އެ މިންގަަނޑުތައް ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކުރާނީ ފުލުހުން.

- އުޅަނދުުތަކުގައި މީހުން ތިބެން ވާނީ މެދަށް އެއް ގޮނޑި ހުސްކޮށް ދޫކޮށްފައި.

- އުޅަނދުތަކުގައި މަސައްކަތް ކުރާ މީހުން ވެސް މާސްކާއި އަންގި ބޭނުން ކުރުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެއް. ރައްކާތެރި ދުރުމިން ބެހެއްޓުމަކީ ވެސް އާއްމު އުސޫލުކަަމަށް ހަދަން ޖެހޭނެ.

- ކޮންމެ ދަތުރެއް ނިންމާފައި އުޅަނދު ޑިސްއިންފެކްޓް ކުރަން ޖެހޭނެ.

ޓެސްޓްގެ ނަތީޖާ ލިބެންދެން ތިބެން ޖެހޭނީ ކޮޓަރިތަކުގައި

- ރިސޯޓަށް ފޭބުމާ އެކު ޓޫރިސްޓުން ވަގުތުން ކޮޓަރިތަކަށް ގެންދަން ޖެހޭނެ.

- ޓޫރިސްޓުންގެ ލަގެޖްގައި ރިސޯޓްގެ މުވައްޒަފުން އަތްލަން ވާނީ ވީހާ ވެސް މަދު މިންވަރަކަށް.

- ޓޫރިސްޓުން ފައިބާ ވަގުތު ބައްދަލުވާ މުވައްޒަފުން ހަރަކާތްތެރިވާން ޖެހޭނީ ރައްކާތެރިކަމުގެ އިކްއިޕްމެންޓާ އެކު.

- ޓޫރިސްޓުން ރިސޯޓަށް ޗެކިން ވުމުގެ ލިއެކިއުމުގެ ކަންތައްތައް ކުރަން ވާނީ އޮންލައިންކޮށް، ކޮޓަރިތަކުގައި ބައިތިއްބައިގެން.

ޓޫރިޒަމް މިނިސްޓްރީގެ ދެލި ކޮޕީގައިވާ ގޮތުން "ސޭފް ރިސޯޓްތަކަށް" އަންނަ ޓޫރިސްޓުންނަށް އެ މީހުންގެ ކޮޓަރިތަކުން ނުކުމެ، ރިސޯޓްގެ އެހެން ސަރަހައްދުތަައް ބޭނުންކޮށް، އާއްމު ހާލަތަށް ދެވޭނީ އެރައިވަލްގައި ހެދި ޕީސީއާރު ޓެސްޓްގެ ނަތީޖާ ލިބޭ އިރު ކޮވިޑް-19 އަށް ޕޮޒިޓިވް ނުވާ ހާލަތުގަ އެވެ. އެގޮތަށް ދޫކުރުމަށް ފަހުގައި ވެސް އެ މީހުންގެ ފަަރާތުން ބަލީގެ އަލާމާތެއް ފެނޭތޯ ގަވައިދުން ބަލަމުން ދާނެ އެވެ. އަދި އެފަދަ އަލާމާތެއް ފެންނަ ޓޫރިސްޓުންގެ ކަންތައްތައް ބަލަން ރިސޯޓްގައި ޑޮކްޓަރުންނާއި މެޑިކަލް އެހެން ސްޓާފުން ތިބޭނެ އެވެ.

ސޭފް ޓޫރިޒަމް ރިސޯޓްސްގެ ގޮތުގައި ހުޅުވާ ރިސޯޓްތަކުގައި ހުރުން ލާޒިމްކުރާ ގިނަ ކަންްތައްތަކެއް ވެސް ދެލި ކޮޕީގައި ވަރަށް ތަފްސީލުކޮށް ބުނެފައިވެ އެވެ. އެގޮތުން ލާޒިމްކުރާނެ އެއް ކަމަކީ ރިސޯޓްގެ ރެޖިސްޓާޑް ރޫމްތަކުގެ 10 ޕަސެންޓް އައިސޮލޭޝަނަށް ހާއްސަކޮށްފައި ބެހެއްޓުމެވެ. އޭގެ އިތުރުން ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 10 ޕަސެންޓް މީހުން އެއް ފަހަރާ ކަރަންޓީނު ކުރަން ޖެހުނަސް އެކަން ކުރެވޭނެ ވަސީލަތްތައް ރިސޯޓްގައި ގާއިމްކޮށްފައި ބަހައްޓަން ލާޒިމްކުރަން ވެސް ދެލިކޮޕީގައިވެ އެވެ.

ރާއްޖޭޭގައި ކޮވިޑް-19 ގެ އަސަރު ނެތް އަތޮޅުތަކުގައިވާ ރިސޯޓްތައް ހުޅުވައިލަން ރާއްޖޭގެ އެންމެ މުއްސަނދި އެއް ރިސޯޓް ޗެއިން، ސޮނެވާގެ ވެރިޔާ ސޯނޫ ސިވްދާސަނީ ވަނީ ދާދިފަހުން ގޮވާލައްވައިފަ އެވެ. އެކި ގައުމުތަކުގެ ބައެއް މަހުޖަނުން މިހާރު ވެސް ރާއްޖެ އަންނަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް މީގެ ކުރިން ސޯނޫ ވިދާޅުވެފައިވެ އެވެ.