ޑްރައިވިން ލައިިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
29 ޑިސެމްބަރ 2020
ޑްރައިވިން ލައިިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ނުކުރެވޭ ގޮތަށް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން 2017 ވަނަ އަހަރު ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާ ކާޑާއި އެލައިޑް އިންޝުއަރެންސްގެ ޚިދުމަތްތަކަށް ބޭނުން ކުރުމުގެ އިތުރުން އައިޑީކާޑާއި ލައިސަންސްގެ ބަދަލުގައި ވެސް ބޭނުން ކުރެވޭ ގޮތަށް އޮތް ކާޑެކެވެ.
ޕާސްޕޯޓް ކާޑުގެ ގަވާއިދަށް އިމިގްރޭޝަނުން މިއަދު ގެނައި އިސްލާހުގައި ވަނީ ލައިސަންސްގެ ބަދަލުގައި ޕާސްޕޯޓް ކާޑު ބޭނުން ކުރެވޭ ގޮތަށް އޮތްއޮތުން އުވާލައިފަ އެވެ.
އެހެން ނަމަވެސް އެ ގަވާއިދުގައި ބުނާ ޚިދުމަތްތަކުގެ އިތުރަށް އިތުރު ޚިދުމަތްތައް ޕާސްޕޯޓް ކާޑު މެދުވެރިކޮށް ދިނުމުގެ ބާރު އިމިގްރޭޝަނަށް އޮންނާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ޕާސްޕޯޓް ކާޑު ދޫކުރަނީ ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ މީހުންނަށެވެ. ޕާސްޕޯޓް ކާޑެއް އޮތަސް، ރާއްޖެއިން ބޭރަށް ދަތުރު ކުރާ ނަމަ، އާންމު އުސޫލުން އިލެކްޓްރޯނިކް ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ.
ބައެއް ގައުމުތަކުގައި ޕާސްޕޯޓްގެ ބަދަލުގައި ޕާސްޕޯޓް ކާޑު މިހާރު ވެސް ބޭނުން ކުރެ އެވެ. އެކަމަކު ވިޔަފާރީގެ މުއާމަލާތްތަކާއި އިންޝުއަރެންސްގެ ޚިދުމަތްތައް ލިބޭ ގޮތަށް ޕާސްޕޯޓް ކާޑު ތައާރަފްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.
ދިވެހި ޕާސްޕޯޓް: މި އަހަރު ވެސް ސަރަހައްދުން އެކެއް
އިމިގްރޭޝަނަށް 93 ޕަސެންޓުގެ ކުރިއެރުމެއް
އިމިގްރޭޝަންގެ އިންޒާރު؛ކާޑާ ގުޅޭ ދޮގު ވާހަކަ ނުފަތުރާ
އުނގޫފާރުގައި އައިޑީކާޑު ޕްރިންޓްކުރަން ފަށައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ވަގު ޕާސްޕޯޓެއްގައި އައި ތިން މީހަކު ހިފަހައްޓައިފި
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް
އޮޅުވާލައިގެން ރާއްޖެ އައި ބިދޭސީންތަކެއް ހުއްޓުވައިފި