Roadha Mihaaru
ދިވެހި ޕާސްޕޯޓް: މި އަހަރު ވެސް ސަރަހައްދުން އެކެއް

ދިވެހި ޕާސްޕޯޓަކީ މި އަހަރު ވެސް ދެކުނު އޭޝިއާގެ އެއް ވަނަ

11 ޖެނުއަރީ 2021

ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބު ރާއްޖޭގެ ޕާސްޕޯޓުން އަނެއްކާވެސް ހިފަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބު ރާއްޖޭގެ ޕާސްޕޯޓުން އަނެއްކާވެސް ހިފަހައްޓައިފި އެވެ.

އޮން އެރައިވަލް ވިސާގައި އެންމެ ގިނަ ތަންތަނަށް ދަތުރުކުރެވޭ ޕާސްޕޯޓްތައް ބަލައިގެން ބައިިނަލްއަގްވާމީ ފެންވަރެއްގައި ނެރޭ ހެންލޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމުގަ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ ދިވެހި ޕާސްޕޯޓް މިިދިއަ އަހަރު 61 ވަނަ އަދި މި އަހަރު އޮތީ 62 ވަނާގަ އެވެ.

ދިވެހި ޕާސްޕޯޓަށް 85 ގައުމަކުން އޮން އެރައިވަލް ވިސާ ލިބެ އެވެ. މިއީ ޗައިނާ އާއި ސައުދީ އަރަބިއާގެ ޕާސްޕޯޓަށް ބަލާ އިރު ވެސް ބޮޑު ކުރިއެރުމެކެވެ.

ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައިގައި އޮތީ އިންޑިއާ ޕާސްޕޯޓެވެ. މިދިއަ އަހަރު އިންޑިއާ ޕޯސްޓަށް 84 ވަނަ ލިބުނު އިރު މި އަހަރު އޮތީ 85 ވަނާގަ އެވެ. އިންޑިއާ ޕާސްޕޯޓަށް އޮން އެރައިވަލް ވިސާ ދެނީ 58 ގައުމަކުންނެވެ.

ބާރު ގަދަ ޕާސްޕޯޓްތަކުގެ ރޭންކްގައި މި ސަރަހައްދުގެ ތިން ވަނަ ގައުމަކީ ބޫޓާނެވެ.

ޕާކިސްތާނާއި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލް އުޅެނީ އުޅެނީ އެ ރޭންކިންގެ ވަރަށް ފަހަތުގަ އެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ދަރަޖަ ހިފެހެއްޓީ ޖަޕާނުންނެވެ. ޖަޕާނުގެ ޕާސްޕޯޓަށް 191 ގައުމަކުން އޮން އެރައިވަލް ވިސާ ލިބެ އެވެ. ދެވަނައިގައި އޮތް ސިންގަޕޫރު ޕާސްޕޯޓަށް އޮން އެރައިވަލް ލިބެނީ 190 ގައުމަކުންނެވެ.