ވޮޝިންޓަން (ޖެނުއަރީ 7) - ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގުމަކީ އެމެރިކާގެ ޑިމޮކްރެސީގެ ތާރީޚުގައި ކަޅު ދުވަހެއް ކަމަށް ސިޔާސީ ތަޖްރިބާކާރުން ސިފަކޮށްފަ އެވެ.
07 ޖެނުއަރީ 2021
ވޮޝިންޓަން (ޖެނުއަރީ 7) - ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން ކާމިޔާބު ކުރެއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް ބަލައިގަތުމަށް ކޮންގްރެސްގެ ބައްދަލުވުން ބާއްވަމުން ދަނިކޮށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގުމަކީ އެމެރިކާގެ ޑިމޮކްރެސީގެ ތާރީޚުގައި ކަޅު ދުވަހެއް ކަމަށް ސިޔާސީ ތަޖްރިބާކާރުން ސިފަކޮށްފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނި ގޮތުގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވި ބޭފުޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ވައިޓް ހައުސްގެ ދެކުނުން އޮންނަ އެލިޕްސް ޕާކުގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވަނީ އިންތިޚާބުގެ ބަލި ގަބޫލް ނުކުރައްވާނެ ކަމަށް ސަޕޯޓަރުންނަށް ތަކުރާރުކޮށް ދަންނަވައިފަ އެވެ. ޓްރަމްޕް ވަނީ ބައިޑަންގެ ކާމިޔާބީ ގަބޫލް ނުކުރުމަށް، ކޮންގްރެސްގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައި ނައިބް ރައީސް މައިކް ޕެންސަށް ވެސް ގޮވާލައްވައިފަ އެވެ.
ޓްރަމްޕުގެ ސަޕޯޓަރަކު ކޮންގްރެސް އިމާރާތުގެ ތެރެއަށް ފުންމާލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ސަޕޯޓަރުން ކޮންގްރެސް އިމާރާތާ ދިމާލަށް ދާން ފެށުމުން ޓްރަމްޕް ވަނީ "އެ މީހުންނާ އެކު އެމަނިކުފާނު ވެސް ހުންނަވާނެ" ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތުމުން ސަލާމަތީ ފަރާތްތަކުން ވަނީ އެ މީހުން ނެރުމަށް ހަތަރު ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގައިފަ އެވެ. ފުލުހުން ބުނީ ބަޑިޖެހުމުގެ ސަބަބުން އެކަކު މަރުވެފައިވާ ކަމަށެވެ. ކޮންގްރެސް އަށް ވަދެގަތް ޓްރަމްޕުގެ ސަޕޯޓަރަކު ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީގެ މޭޒަށް ފައި އެއްލައިގެން އިންދާ ވެސް ފޮޓޯތަކުން ފެނިފައިވެ އެވެ.
ކޮންގްރެސްގެ މެންބަރުންނަށް ހިމާޔަތް ދެނީ. --ފޮޓޯ:ގެޓީ އިމޭޖަސް
އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑަން ވަނީ ހަމަނުޖެހުން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފަ އެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރެސީ އަށް ހަމަލާދީފި،" އުފަން ޓައުން ޑެލަވެއާގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވި އެވެ.
ޓްވިޓާ އިން ޓްރަމްޕް ބްލޮކްކޮށްފާނެ
އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑީގެ މިޔަމަތީގައި
އިންތިޚާބު ފަސްކުރުމުގެ ޚިޔާލު ޓްރަމްޕް ދެއްވައިފި
ކަންބޮޑުވުމަކީ ޓްރަމްޕް އިންތިޚާބު ވަގަށް ނަގައިފާނެތީ
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟