13 ޖެނުއަރީ 2021
އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓްގެ މަސައްކަތްތަކަކާއި އިކްއިޕްމެންޓް ގަތުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ދޫކޮށްފައިވާ ކަަމަށް އެ ހޮސްޕިޓަލުގެ 2018ގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓްގެ މަސައްކަތްތަކަކާއި އިކްއިޕްމެންޓް ގަތުމަށް ކުރީ ސަރުކާރުގެ ދުވަސްވަރު ސިފައިންގެ ވެލްފެއާ ކުންފުނި، ސިވެކަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ދޫކޮށްފައިވާ ކަަމަށް އެ ހޮސްޕިޓަލުގެ 2018ގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން، ޖެނުއަރީ 2019ގައި ހުޅުވި ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓްގެ އިިންޓީރިއާ އަދި ފާނިޝިން މަސަައްކަތްތައް ކުރުމަށާއި އެ ތަނަށް ބޭނުންވާ މެޝިނަރީ އާއި އިކްއިޕްމެންޓް ގަތުމުގެ 38 މިލިއަން ރުފިޔާގެ މަޝްރޫއު ސިވެކާ ހަވާލުކުރުމަށް ފަހު އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރީ އަގުގެ 15 ޕަސެންޓަށް ވުރެ މާ އިތުރަށް، 13.2 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައިވާ ގޮތުން 250،000ރ. އަށް ވުރެ އަގު ބޮޑު މަސައްކަތެއް ހަވާލުކުރާ އިރު އެޑްވާންސަށް ދެވޭނީ އެ މަސައްކަތުގެ އަގުގެ 15 ޕަސެންޓާ ހަމައަށެވެ.
އޮޑިޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓުގައިވާ ގޮތުން، ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓް ތަރައްގީކުރަން ކުރި މަސައްކަތުގައި މީގެ އިތުރުން ވެސް އެތައް ކަމެއް ކޮށްފައި ވަނީ ގަވައިދާ ހިލާފަށެވެ. ގަނެފައިވާ ތަކެތީގެ އަގުގެ ތެރެއިން ގާތްގަނޑަަކަށް ދެ މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ ތަކެތި ހަމައަށް ލިބުނުކަން ކަށަވަރުނުކޮށެވެ. ދައުލަތުގެ މާލިއްޔަތު ގަވައިދުގައި އޮންނަނީ އޯޑަރުކުރާ ތަކެއްޗާ ހަވާލުވާ އިރު އެ ތަކެތި ހަމައަށް އަދި ރަނގަޅަށް ހުރިތޯ ތަކެއްޗާ ހަވާލުވާ ފަރާތުން ބަލަން ޖެހޭނެ ކަމަށެވެ. އެގޮތަށް ހަވާލުވާ އިރު އެއްޗެއް ހަލާކުވެފައިވާ ނަމަ އެކަން އަދި އެއްޗެއްގެ މުއްދަތު ހަމަވާން ކައިރިވެފައިވާ ނަމަ އެކަން ވެސް އެނގޭނެހެން ލިޔެ އޯޑަރުކުރި ފޯމްގައި ސޮއިކުރަން ވާނެ ކަމަށް ވެސް އެގަވައިދުގައި އޮވެ އެވެ.
އޮޑިޓް ރިޕޯޓުން އެނގުނު ގޮތުގައި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ މެޑިސިން ޑިޕާޓްމަންޓަށް ބޭނުންވާ މެޝިނަރީ ގަންނަން ސިވެކާ ހަވާލުކުރީ ވެސް ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފަށެވެ. މާލިއްޔަތު ގަވައިދުގައިވާ ގޮތުން މެޝިނަރީ އާއި އިކްއިޕްމެންޓް ފަދަ އަގުބޮޑު ތަކެތި ހޯދަން ޖެހޭނީ އެފަަދަ ތަކެތި އާއްމުކޮށް ވިއްކާ ނުވަތަ އެތެރެކުރާ ތަނަކުންނެވެ. އޭގެ އިތުރުން އެފަދަ ތަކެއްޗަށް ވޮރަންޓީ ނުވަތަ ގެރެންޓީ ދެވޭ ބަޔަކަށް ވުމަކީ ވެސް ޝަރުތެކެވެ.
ސިވެކަކީ އޭރު އެ ވިޔަފާރި ކުރި ބައެއް ނޫނެވެ. އެހެންވެ މެޝިނަރީ އާއި އިކްއިޕްމެންޓް ގެންނަން އެ ކުންފުނިން ހަވާލުކުރީ އައިޖީއެމްއެޗާ ގުޅިގެން އެ ހޮސްޕިޓަލްގެ ޔޫރޮލޮޖީ ޑިޕާޓްމަންޓް ހިންގަމުން އަންނަ އިންޑިއާގެ އެންޔޫ ހޮސްޕިޓަލާކަން ފާހަގަކޮށްފައިވެ އެވެ.
އެންޔޫ ހޮސްޕިޓަލާއި އައިޖީއެމްއެޗާ ވިިޔަފާރީގެ ގޮތުން ގުޅިފައި އޮތް އިރު ސީދާ އެ ހޮސްޕިޓަލާ ހަވާލުކޮށްގެން މެޝިނަރީ އާއި އިކްއިޕްމެންޓް ގެނައި ނަމަ އެކަމަށް ހިނގި ހަރަދުން 2.7 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށް ވެސް ރިޕޯޓް ބުނެ އެވެ.
އައިޖީއެމްއެޗުން ގަވައިދާ ހިލާފަށް ކޮށްފައިވާ އަނެއް ކަމަކީ މެޝިނަރީ އާއި އިކްއިޕްމެންޓް ގެންނަން ސިވެކާ ހަވާލުކުރި އެއްބަސްވުމުގައިވާ އަދަދަށް އެ ކުންފުންޏަށް ފައިސާ ދިން އިރު، ތަކެތި ހަމައަށް ލިބުނުކަން ކަށަވަރު ނުކުރުމެވެ. އެގޮތުން 2.2 މިލިއަން ރުފިޔާގެ ތަކެތި އެ ހޮސްޕިޓަލަށް ލިބުނުކަމުގެ ލިއުންތައް އޮޑިޓް އޮފީހަށް ދީފައި ނުވާ ކަމަށް ރިޕޯޓްގައިވެ އެވެ. އެހެންވެ އެ އެއްޗެހި ލިބުނުކަން ކަށަވަރެއް ނުކުރެވެ އެވެ.
ސިވެކާ ހަވާލުކޮށްގެން ގެނައި ބައެއް މެޝިނަރީ އޮޕަރޭޓްކުރަން ބޭނުންވާ ބައެއް ތަކެތި ހޯދާފައި ނުވާތީ ބައެއް މެޝިނަރީ ބޭނުން ނުކުރެވި ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ. އެގޮތަށް ބޭނުންނުކުރެވި ގިނަ ދުވަސް ވެފައިވާ ތަކެތީގެ އަގު ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.
ރެސްޕިރޭޓަރީ ޑިޕާޓްމަންޓަށް މެޝިނަރީ އާއި އިކްއިޕްމެންޓް އަދި ފަރުނީޗަރު ގަތުމަށް ހަރަދުކުރި ފައިސާގެ ޖުމްލައަކީ 25.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޮޑިޓްގައި ބުނެފައިވަނީ އެއީ ހޮސްޕިޓަލަށް ބޭނުންވާ ފެންވަރުގެ ތަކެތިކަން އޮޑިޓް އޮފީހަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ގެއްލުނުމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު އޮތީ މަރުވެފައި
ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމް: އިންސާފެއްތަ؟
އައިޖީއެމްއެޗާއި ޕީޖީ އޮފީހުގެ ބިޑް ކޮމިޓީ ސަސްޕެންޑްް
ނަޝީދު ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000ރ.
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
ބޭސް ވިއްކާ ބްރޭންޑްގެ ނަން ބޭސް ސިޓީން "ފޮހެލަނީ"؟
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ